ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ދުނިޔެ - ހޮންގްކޮންގް

ހޮންގްކޮންގްގައި ކުރިއަށް ދާ މުޒާހަރާ ރޫޅާލުމަށްޓަކައި ކަރުނަ ގޭސް ބޭނުން ކުރަނީ

  • ކަރުނަ ގޭހުގެ އިތުރުން ހޮންކޮންގްގެ ފުލުހުން ދަނީ މުޒާހަރާ ރޫޅާލުމަށްޓަކައި "ވޯޓާ ކެނަންސް" ބޭނުން ކުރަމުން

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 16 ސެޕްޓެންބަރ 2019 | ހޯމަ 08:37 2,225

ހޮންގްކޮންގްގައި ކުރިއަށް ދާ މުޒާހަރާ ރޫޅާލުމަށްޓަކައި ދަނީ ކަރުނަ ގޭސް ބޭނުންކުރަމުން - ގޫގުލް

ހޮންގްކޮންގްގައި ކުރިއަށް ދާ މުޒާހަރާ ރޫޅާލުމަށްޓަކައި ކަރުނަ ގޭސް ބޭނުން ކުރަން ފަށައިފިއެވެ.

ކަރުނަ ގޭހުގެ އިތުރުން ހޮންކޮންގްގެ ފުލުހުން ދަނީ މުޒާހަރާ ރޫޅާލުމަށްޓަކައި "ވޯޓާ ކެނަންސް" ބޭނުން ކުރަމުންނެވެ.

މި މުޒާހަރާގެ ބައިވެރިން ވަނީ ޗައިނާގެ ކިބައިން ސަލާމަތް ކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ގޮވާލާފައެވެ. މުޒާހަރާގައި މިހެން ގޮވާލި ކަމުގައި ވިޔަސް ޗައިނާ އިން ވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތައް ނުވަނުމަށް ބުނެ އިންޒާރު ދީފައެވެ.

މުޒާހަރާ ކުރަމުންދާ ރައްޔިތުން ދަނީ "ހޮންކޮންގް ހިއުމަންރައިޓްސް އެންޑް ޑިމޮކްރެސީ އެކްޓް" ގެ ގާނޫނެއް ފާސް ކުރުމަށް އެދި އެމެރިކާއަށް ގޮވާލަމުންނެވެ.

ޗައިނާއަށް ތާޢީދުކުރާ ފަރާތްތަކުން ހޮންގްކޮންގްގައި އިންސާނީ ހައްޤުތަކާ ޚިލާފަށް ފިޔަވަޅުތައް އަޅަމުންދާތީ އެކަން އެމެރިކާއަށް ހާމަކޮށްދީ، ހޮންގްކޮންގްގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި އެމެރިކާ ސަރުކާރުގެ އެހީ ހޯދުމަށް ހޮންކޮންގްގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އަދި ޚިޔާލު ތަފާތުވުން އުފެދުމުގެ ސަބަބުން ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް ހޮންކޮންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ދަނީ ކުރިއަށެވެ.

ހޮންކޮންގެ ރައްޔޮތުން މުޒާހަރާ ކުރަމުންދާތާ ވަނީ 100 ދުވަސް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް