ކ. މާލެ
|
14 ސެޕްޓެންބަރ 2019 | ހޮނިހިރު 07:21
ޖޯން ބޯލްޓަން
ޖޯން ބޯލްޓަން
އެންސީބީ ނިއުސް
ޖޯން ބޯލްޓަން
ބޯލްޓަން މަގާމުން ވަކި ކުރީ އީރާން މައްސަލައިގައި
 
އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ އިސްވެރިންނާއި ބައްދަލުކުރައްވަން ޓްރަމްޕް ރޭއްވެވި ރޭވުން ބޭޒާރުކޮށްލުމުގެ ފަހަތުގައި ހުންނެވީވެސް ބޯލްޓަން

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން މަގާމުން ވަކި ކުރީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕާ ޚިޔާލު ތަފާތުވުންތަކެއް އުފެދުމުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޯލްޓަން މަގާމުން ވަކި ކޮށްފައިވަނީ ވަރަށް ގިނަ މައްސަލަތަކާއި ގުޅިގެން ޚިޔާލު ތަފާތުވުމުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ އިސްވެރިންނާއި ބައްދަލުކުރައްވަން ޓްރަމްޕް ރޭއްވެވި ރޭވުން ބޭޒާރު ކޮށްލުމުގެ ފަހަތުގައި ހުންނެވީ ވެސް ބޯލްޓަންކަން ޓްރަމްޕަށް އެނގިވަޑައިގަތުމަކީ ބޯލްޓަން މަގާމުން ދުރުކުރަން ޓްރަމްޕް ނިންމެވި ސަބަބެއް ކަމަށް ބްލޫމްބާގްގައި ރިޕޯޓުކޮށްފައިވެއެވެ.

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ބޯލްޓަންގެ ހިދުމަތް އިތުރަށް ބޭނުންނުވާކަން އޭނާ އަށް އަންގާފައިވާނެ ކަމަށާއި، އޭނާ ހުށައަޅުއްވާ ގިނަ ހިޔާލުތަކަކީ އެއްބަސްވެ ވަޑައިގަންނަވާ ހިޔާލުތަކަކަށް ނުވާހިނދު އެ މަގާމުގައި ބޯލްޓަން ހުންނަވަން ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ބޯލްޓަންގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ބޯލްޓަންގެ ހިދުމަތަށް ޝުކުރު އަދާކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށެެވެ.

ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް ސަރުކާރުގެ އިސްމަގާމު ތަކެއް އަދާކުރެއްވި ބޯލްޓަން ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތް ވެވަޑައިގަންނަވާ ބޯލްޓަން ވަނީ، އެމެރިކާއިން އދ. އަށް ކަނޑައަޅަފައިވާ އެމްބެސަޑަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
33%
67%
0%
0%
0%
0%
ކޮމެންޓް