ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 09:33
އަލިފާނުގެ ހާދިސާ ހިނގި ބޯޓު
އަލިފާނުގެ ހާދިސާ ހިނގި ބޯޓު
ބީބީސީ
އަލިފާނުގެ ހާދިސާ
ކެލިފޯނިއާގެ އައްސޭރިފަށުގައި އޮއްވާ އަލިފާން ރޯވި ބޯޓުގައި ދަރުކުރަމުންދިޔަ ފަރާތްތައް ތިބީ ނިދާފައި
 
ބޯޓުގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ ކްރޫގެ ފަސް މީހުން ވަނީ ސަލާމަތްވެފަ
 
ތިރީ ބައިގައި ނިދާފައި ތިބި 34 މީހުން ވަނީ މި ހާދިސާގައި މަރުވެފަ
 
އެ ބޯޓުގައި ރޭގަނޑު ގަޑީގައި ކޮންމެވެސް އެކަކު ދަންވަރު ދިއުޓީ އަދާކުރަން ހޭލަން ހުންނަން ޖެހޭނެ

ކެލިފޯނިއާގެ އައްސޭރީގައި އޮއްވާ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގެއްލުން ލިބުނު ބޯޓުގައި ދަރުކުރަމުންދިޔަ ފަރާތްތައް އަލިފާން ރޯވި ވަގުތު ތިބީ ނިދާފައި ކަމަށް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

ގާނޫނު ބުނާގޮތުންނަމަ އެ ބޯޓުގައި ރޭގަނޑު ގަޑީގައި ކޮންމެވެސް އެކަކު ދަންވަރު ދިއުޓީ އަދާކުރަން ހޭލަން ހުންނަން ޖެހޭނެއެވެ.

އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯރޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) ން މިކަމާއި ގުޅޭގޮތުން ބަޔާނެއް ވަނީ ނެރެފައެވެ. އެބަޔާނުގައިވާގޮތުން، އަލިފާނުގެ ހާދިސާގެ ވަގުތު ބޯޓުގައި ދަތުރުކުރަމުންދިޔަ ދަތުރުވެރިންގެ ތެރެއިން ތިރީ ބައިގައި ނިދާފައި ތިބި 34 މީހުން ވަނީ މި ހާދިސާގައި މަރުވެފައެވެ. ނަމަވެސް ބޯޓުގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ ކްރޫގެ ފަސް މީހުން ވަނީ ސަލާމަތްވެފައެވެ.

އަލިފަނުގެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު އަދި އެނގިފައިނުވާއިރު، އެންޓީއެސްބީން ބުނެފައިވަނީ އަލިފާނުގެ ހާދިސާއިން ސަލާމަތްވި މީހުންނާއި ސުވާލުކުރުމުން، ބޯޓުގައި އެއްވެސް ކަހަލަ މެކޭނިކަލް އަދި ކަރަންތުގެ މައްސަލައެއް ދިމާވެފައި ނެތް ކަމަށް އެމީހުން ބުނިކަމަށެވެ.

އެންމެފަހުން ސަލާމަތްކުރި މީހާ ފެނިފައިވަނީ މޫދު ތެރެއިންނެވެ. ކަމާއިބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ގިނަ މީހުން މަރުވީ ދުމުގެ ސަބަބުން ނޭވާލުމަށް ދަތިވެގެންނެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ އަދަދު ވަނީ 27 އަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް