ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 15:24
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ފުލުހުން
އިސްލާމް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
 
އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ބުދަ ދުވަހު

އިސްލާމް ދީނަށް ފުރައްސާރަކުރި ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހައިފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ބުދަ ދުވަހުއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރެވުނީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ގިނަ އެއްޗެހިތައް ލިޔަމުންދާތީ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ހައްޔަރުކުރި މީހާ ވަނީ މާތް ﷲ އާއި ރަސޫލާއަށް ބަދު ބަސްތައް ބުނެފައެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ދީނަށް ފުރައްސާރަ ކުރި މައްސަލައިގެ އިތުރުން އޭނާއަށް އިންޒާރު ދިން މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
17%
0%
17%
0%
0%
ކޮމެންޓް