ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
މައިތިރިޕާލާ ސިރިސޭނާ

ލަންކާގެ ދައުލަތުގެ ޓީވީ، ސިރިސޭނާގެ ބާރުގެ ދަށަށް ގެންދަވައިފި

  • ސްރީ ލަންކާ ރުޕާވާހިނީ ކޯޕަރޭޝަން ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ ބާރުގެ ދަށަށް ގެނުވާފަ
  • އެގައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވަނީ ސިރިސޭނާ
  • މިކަން ކުރެއްވީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާ، ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށް ހިތްވަރުދޭ ޕްރޮގްރާމްތައް އުފެއްދުމަށްޓަކައި ކަމަށް ވިދާޅުވި

ކ. މާލެ | 11 ސެޕްޓެންބަރ 2019 | ބުދަ 08:05 | 3,517

މައިތިރިޕާލާ ސިރިސޭނާ - މުހައްމަދު ޝަރުހާން

ސްރީލަންކާގެ ދައުލަތުގެ ޓީވީ, އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ބާރުގެ ދަށަށް ގެންދަވައިފިއެވެ.

ރައީސް ސިރިސޭނާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެމަނިކުފާނު ވަނީ ދައުލަތުގެ ޓީވީ، ސްރީ ލަންކާ ރުޕާވާނީ ކޯޕަރޭޝަން, އެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ ބާރުގެ ދަށަށް ގެނުވާފައެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނީވެސް ސިރިސޭނާއެވެ.

އެ ފިޔަވަޅު އެޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން ސިރިސޭނާ ވިދާޅުވީ، އެއީ މީޑިއާ މެދުވެރިކޮށް ގައުމީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާ، ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށް ހިތްވަރުދޭ ޕްރޮގްރާމްތައް އުފެއްދުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

މިފަދަ ކަމެއް ނިންމުމަކީ ރައީސް ސިރިސޭނާ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު، ގައުމުގައި ބާރު ހިންގުމަށް ކުރިއަށްދާ ކޯޅުމުގެ ސަބަބުންކުރެއްވި ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިރިސޭނާ ވަނީ ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރައްވާ، ޕާލިމެންޓުވެސް އުވާލައްވާފައެވެ. އަދި ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވިއެވެ.

ނަމަވެސް، ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ރާޖަޕަކްސަ ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އަނެއްކާވެސް ވިކްރަމަސިންހަ ދަނީ އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.