ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 09:04
އަލީ އަޝްފާގް
އަލީ އަޝްފާގް
ފޭސްބުކް
އެފްއޭއެމް
ދަގަނޑޭ އެނބުރި އައުމާއެކު ޗައިނާ މެޗުގެ ޓިކެޓު ހަތަރު ގަޑިއިރުގެތެރޭ ވިކި ހުސްވެއްޖެ
 
ދަނގަޑޭ ޓީމާއި އަލުން ގުޅުނީ ދޮޅު އަހަރަށް ފަހު

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދޮޅު އަހަރަށް ފަހު ގައުމީ ސްކޮޑްގައި ހިމެނިގެން ކުޅޭ މެޗުގެ ޓިކެޓު ހަތަރު ގަނޑިއިރު ތެރޭ ވިކި ހުސްވެއްޖެ އެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖެ އަދި ޗައިނާ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗަށް ވިއްކަން ނިންމައިފައިވަނީ 3500 ޓިކެޓެވެ.

އާދީއްތަ ދުވަހުގެ ހަވީރު ޓިކެޓް ވިއްކަން ފެށިއިރު ގިނަ ބަޔަކު ވަނީ ޓިކެޓް ގަންނަން ކިއޫގައި ޖެހިފައެވެ. މި މެޗުގެ ޓިކެޓު އާދީއްތަ ދުވަހުގެ ރޭ 11:00 ގެ ކުރިން ވަނީ ވިކި ހުސްވެފައެވެ.

މި މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާފައިވަނީ ގޮނޑި ބަރިން 1615 ޓިކެޓާއި ސިޑި ބަރިން 1901 ޓިކެޓެވެ.

ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން ސަޕޯޓަރަކު ބުނީ އޭނާ ދަނޑަށް މި މެޗު ބަލަން މި ވަންނަނީ 2 އަހަރު ފަހުން ކަމަށާއި މިއީ ދަގަނޑޭ އަށް ކޮށްދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދަގަނޑޭ އަކީ މި ސަރަހައްދުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ދަގަނޑޭ އަށް ވުރެ ވަކި މޮޅު ކުޅުންތެރިޔަކު މި ސަރަހައްދުގައި ނުހުންނާނެ ކަމަށެވެ. އަދި މެޗުން ދަގަނޑޭ އާއި އެކު ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ޗައިނާ އާއި ދެކޮޅަށް ދިވެހިރާއްޖެ ޓީމު ނިކުންނަ އިރު ޓީމަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދަގަނޑޭ ހުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 22:10
ސަމި
ހުސް ދޮގު