ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ދުނިޔެ - ތޫފާން ޑޯރިއަން

ތޫފާން ޑޯރިއަން ގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި

  • 100 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވޭ
  • ތޫފާން ބަހަމާސްއަށް އަރާފައިވަނީ ކެޓެގަރީ 5 ގެ ބާރުމިނުގައި
  • ބަހަމާސްގެ 13،000 އަށްވުރެ ގިނަ ގެތައް ހަލާކުވެފައިވޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 6 ސެޕްޓެންބަރ 2019 | ހުކުރު 10:48 7,645

ތޫފާން ޑޯރިއަން - އަލްޖަޒީރާ

ބަހާމަސްގެ ތާރިހުގައި މިހާތަނަށް އެގައުމަށް އެރި އެންމެ ވަރުގަދަ އެއް ތޫފާން ކަމަށްވާ ''ޑޯރިއަން'' ތޫފަންގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

ބީބީސީގައި ރިޕޯރޓްކޮށްފައިވާގޮތުން ތޫފާން ޑޯރިއަންގައި މަރުވި މީހުންގެ އަދަދު 23 އަށް އަރާފައިވާއިރު، މި އަދަދު އިތުރުވުން އެކަށީގެންވެއެވެ. އެގޮތުން ތޫފާން މިހާރު އެމެރިކާގެ ކެރޮލީނާއަށް މިސްރާބު ޖަހާފައިވާއިރު، ތޫފާނުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އައްސޭރިފަށާއި، ޖޯޖިއާ ސްޓޭޓްގެ އުތުރާއި ދެކުނުގެ އަދި ކެރޮލީނާ ސަރަހައްދުގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފައިވާއިރު، މި ތޫފާން ބަހަމާސްއަށް އަރާފައިވަނީ ކެޓެގަރީ 5 ގެ ބާރުމިނުގައި ކަމަށާއި، ވައިގެ ބާރުމިންވެސް ހުރީ މިހާތަނަށް އެ ސަރަހައްދުން ރެކޯރޑް ކުރެވުނު އެންމެ މަތީ އަދަދަކަށް ކަމަށް ރިޕޯރޓްތައް ބުނެއެވެ.

ތޫފާން ޑޯރިއަން

ތޫފާނުގެ ސަބަބުން ބަހަމާސްގެ 13،000 އަށްވުރެ ގިނަ ގެތައް ހަލާކުވެފައިވާއިރު، ބައެއް ސަރަހައްދުތަކަށް 89 ސެންޓިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯރޑް ކުރެވިފައިވެއެވެ. އެގޮތުން އެކި ޤައުމުތަކުން އެހީތައް ފޯރުކޮށްދެމުންގެންދާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ 76000 އަށްވުރެ ގިނަ މީހުންނަށް ކަބޯތަކެއްޗާއި އެމަރޖެންސީ ސަޕްލައިތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް