ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 09:07
އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް
އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް
އެސްޓީއޯ
އެސްޓީއޯ
އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި
 
އެ ކުންފުނިން ވަނީ ހިލަ، ހިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގުހެޔޮކޮށްފަ
 
މަގުސަދުތަގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ހިމެނޭ
 
ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮކޮށްފިއެވެ.

އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮކޮށްފައިވާކަން އެކުންފުނިން އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އެސްޓީއޯއިން ބުނީ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އަގުހެޔޮކުރުމުގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމާއި، ކުދި އަދި މެދުފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ. އަދި ހާއްސަ ގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތްކުމުގެ ސާމާނު ބާޒާރުގައި ހެޔޮއަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުންކަމަށެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށްވަނީ ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި.
އެސްޓީއޯ

އެ ކުންފުނިން ވަނީ ހިލަ، ހިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގުހެޔޮކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް، ވިއްކަމުންދާ އެސްޓީއޯ ކޮންސްޓްރަކްޝަންއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވިގޮތެއްގައި ހަމަޖައްސައި ދިނުމަށްކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއްހަމައެއްގައި ހިފެހެއްޓުމަކީވެސް އެސްޓީއޯގެ މުހިއްމު އަމާޒެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
7%
93%
0%
0%
0%
0%
ކޮމެންޓް