ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 18:02
ރަނޫ މޮންޑަލް ހިމޭޝް ރޭޝްމިއާ އެކު
ރަނޫ މޮންޑަލް
ރެެއިލް ސްޓޭޝަންގައި ލަވަކީ ރަނޫ އަށް ސަލްމާން ފްލެޓެއް ހަދިޔާ ކޮށްފި
 
ސަލްމާނުގެ ފިލްމަކަށް ލަވައެއް ކިޔުމުގެ ފުރުސަތު ވަނީ ލިބިފައި

އިންޑިއާގެ އައްސާމް ސްޓޭޓްގެ ރެއިލްވޭ ސްޓޭޝަން ގައި ލަވައެއް ކިޔައިގެން އިންޓަނެޓުން މަޝްހޫރުކަން ހޯދީ ރަނޫ މޮންޑަލް އަށް ސަލްމާން ހާން ފްލެޓެއް ހަދިޔާކޮށްފިއެވެ.

އޭނަ ވަނީ ތަފާތު ގިނަ ރިއަލިޓީ ޝޯ ތަކާ ލަވަކިޔުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެނަ ދިޔައެވެ. އެގޮތުން އޭނާ މިހާރު ދަނީ އިންޑިއާގެ "ސުޕާސްޓަރ ސިންގަރ"ގައި ބައިވެރިވެ ވާދަ ކުރަމުންނެވެ.

ރަނޫ ލަވަކިޔާ ވީޑިއޯ އެންމެ ފުރަތަމަ ޝެއަރ ކޮށްފައިވަނީ ފޭސްބުކްގެ "ބަރްޕެޓާ ޓައުން ދަ ޕްލޭސް އޮފް ޕީސް' ގައި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ވީޑިއޯއަށް ވނީ ދެ ދުވަހުގެ ތެރޭގައި ދެ މިލިއަނެއްހާ ވިއުސް ލިބިފައެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ''އެކް ޕިޔާރުކާ ނަގްމާހޭ'' ލަވަކިޔައިގެން އާއްމުންގެ ހިތް އަތުލައިގަތް ރަނޫ މޮންޑަލް އަށް ހިމޭޝް ރެޝަމިއްޔާ ވަނީ އޭނާގެ ފަހުގެ ފިލްމު "ހެޕީ ހާރޑީ އެންޑް ހީރް" ގެ ލަވައެއް ކިޔުމުގެ ފުރުސަތު ދީފައެވެ. ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ދަނީ ރަނޫގެ އަޑަށް ތައުރީފުކޮށް އޭނާއަށް މި ފުރުސަރު ދިނީތީވެ ހިމޭޝް އަށް ވެސް ތައުރީފް ކުރަމުންނެވެ. ރަނޫ ރިކޯޑް ކޮށްފައިވަނީ "ތޭރީ މޭރީ ކަހާނީ" ނަމަކަށް ކިޔާ ލަވައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ވަނީ މުމްބާއިން ރަނޫ އަށް 55 ލައްކަ ރުޕީސްގެ ފްލެޓެއް ހަދިޔާކޮށްފައެވެ. ސަލްމާނުގެ ''ދަބަން 3'' ފިލްމަށް ލަވައެއް ކިޔާލުމުގެ ފުރުސަތު ރަނޫ އަށް ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
86%
0%
0%
0%
0%
ކޮމެންޓް