ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 12:48
އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި އެކު ރައީސް ސޯލިހި
އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި އެކު ރައީސް ސޯލިހި
ރައީސް އޮފީސް
އއ. އުކުޅަސް
އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރު ތެރޭ ފަށަނީ
 
2010 ވަނަ އަހަރު އިއުލާން ކުރި
 
ބިމުގެ ދަތިކަން އިންތިހާ ބޮޑު

އއ. އުކުޅަހުގެ ބިން ހިއްކުމު މަޝްރޫއު މި އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޕްލޭނިން މިނސްޓްރީން ބުނެފައިވާ ކަމަށް އުކުޅަސް ކައުންސިލުން ބުނެފިއެވެ.

އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރަށް ބަޖެޓް ކުރެވި އެކަން ކުރެވިގެންދާނެ ކަމަށް ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެ ރަށުގެ ބިމުގެ ދަތިކަަމާއި މެދު ކަންބޮޑުވުންކަން ފާޅުކުރަމުން ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ރަށަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ. އުކުޅަހަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ވޭތުވެދިޔަ 25 އަހަރު ތެރޭގައި އެ ރަށުން ގޯތީ ދޫކޮށްފައިނުވާ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަށަށް ބިން އިތުރުކޮށް އަދި އިތުރުވެގެންދާ ބިމުގައި ރައްޔިތުންނަށް ހިތް ފަސޭހަކޮށް ދިރިއުޅުމަކީ ރައްޔިތުންގެ އުއްމީދެއް ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއު އަހަރު ފަހުކޮޅު ފެށިގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އަޅުގަނޑުމެންނަށް ޕްލޭނިން މިނިސްޓްރީ ތެރެއިން މި އަހަރު ފަހުކޮޅު އޮކްޓޫބަރު ހިސާބުގައި މި މަޝްރޫއޫ ( ބިން ހިއްކުމުގެ) ފެށިގެންދާނެ. އަދި މި މަޝްރޫއު އެކުގައި މި ރަށަށް 11 ވަރަކަށް ހެކްޓަރުގެ ބިން އެތެރެވެގެންދާނެ
ޝައުކަތު އިބްރާހިމް ~ އުކުޅަހު ކައުންސިލްގެ ރައީސް ~

ޝައުކަތު ގަބޫލްކުރާ ގޮތުން ބިން ހިއްކިގެން ދިޔުމާއި އެކު ރައްޔިތުންގެ އުއްމީދުތައް ހާސިލްވެގެން ދާނެއެވެ. އުކުޅަހުން ގޯތި ދޫކުރުމަށް 2010 ވަނަ އަހަރު ހުޅުވާލ ފުރުސަތުގައި 150 އަށްވުރެ ގިނަ ފަރާތްތަކަކުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 120 މީހުންނެވެ. އެހެން ނަމަވެސް ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައި ހުރި ގޮތުން ދޫކުރެވެން އޮތީ 1200 އަކަފޫޓުފެ 30 ގޯތިކަން ފާހަގަ ކުރަމުން ޝައުކަތު ވިދާޅުވީ، އެހާ މަދު އަދަދެއްގެ ގޯތީ ދޫކުރުމަތީ މަސްލަހަތު ގެއްލޭ ކަމަކަށް ވެދާނެތީވެ އެކަން ހުއްޓާލީ ކަމަށެެވެ.

އުކުޅަހަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އަށް ސާފުޢައުލަބިއްޔަތެއް ހޯދައިދިން ރަށެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
11%
89%
0%
0%
0%
0%
ކޮމެންޓް