ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 08:34
މިނިސްޓަރ މަހްލޫފް ވޮލީ ޓީމާއެކު
މިނިސްޓަރ މަހްލޫފް ވޮލީ ޓީމާއެކު
އެމްއޯސީ
ސެންޓްރަލް ޒޯން ވޮލީ މުބާރާތް 2020
ސެންޓްރަލް ޒޯން ވޮލީ މުބާރާތް 2020 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑުކުރަނީ
 
މުބާރާތުގެ ފިރިހެން އަދި އަންހެން ބައިވެސް ބޭއްވުމަށް ބިޑުކުރަނީ

ސެންޓްރަލް ޒޯން ވޮލީ މުބާރާތް 2020 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑުކުރާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، 2020 ވަނަ އަހަރު އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފިރިހެން އަދި އަންހެން ބައި ރާއްޖޭގައި ބޭއްވުމަށް ބިޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މުބާރާތް ބޭއްވުމުގެ ބިޑު ރާއްޖެއަށް ކާމިޔާބުކުރެވިއްޖެނަމަ، އެވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބައިނަލްއަގުވާމީ ވޮލީ މުބާރާތަށެވެ.

ނަމަވެސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފިރިހެން ބައި 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވިއެވެ. އެފަހަރު މުބާރާތުގައި ވާދަކުރީ ރާއްޖޭގެ އިތުރުން ތުރުކަމިނިސްތާން، ނޭޕާލް އަދި ކިރިގިސްތާނެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އޮންނާނީވެސް ރާއްޖޭގައެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއިން ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. މުބާރާތުގެ ސެމީގައި ބުރާސްފަތި ދުވަހު ރާއްޖެ ނިކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ.

މުބާރާތަށް ރާއްޖެއިން ރަން މެޑަލްއަކަށް ޓާގެޓްކޮށްފައިވާއިރު، މުބާރާތަށް ދިޔުމުގެ ކުރިން ރާއްޖެއިން ވަނީ ޔޫރަޕްގެ ސާބިއާގައި ތަމްރީން ދަތުރެއް ފުރިހަމަކޮށްފައެވެ. އަދި ރާއްޖޭގައި ލަންކާ ގައުމީ ޓީމާއެކު ފަރިތަކުރުމުގެ ގޮތުން ތިން މެޗު ކުޅުމުގެ ފުރުސަތުވެސް ލިބުނެވެ. މި ހުރިހާ ފުރުސަތެއްވެސް ހޯދައި ދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް