ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 11:25
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާރޑް
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާރޑް
މުހައްމަދު ޝަރުހާން
ފަތުރުވެރިއަކު ގެއްލުން
ކަނޑޫމާ ތިލައަށް ފީނަން ފޭބި އަންހެން ފަތުރުވެރިއާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
 
އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާރޑުން ދަނީ ކުރަމުން
 
ހާދިސާގެ ރިޕޯރޓް ކޮށްފައިވަނީ އާދިއްތަ ދުވަހު

ކަނޑޫމާ ތިލައަށް ޑައިވިންގއަށް ފޭބި އަންހެން ފަތުރުވެރިއާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކަނޑޫމާތިލައަށް "އޯސީއޭ އެމްސެވަން އެސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ފީނަން ފޭބި އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ރިޕޯރޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:09 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށާއި، އަދި މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައިނުވާ ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އޭނާ ޑައިވިންގއަށް ފޭބީ 22 ފަތުރުވެރިންގެ ޓީމަކާއެކު ކަމަށާއި، އޭނާއާ ބެހޭ އިތުރު މައުލޫމާތު އެމްއެންޑީއެފުން ބަލަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ކަނޑުމަތީގެ އެކި ހާދިސާތައް އިތުރުވެފައިވާއިރު، ޑައިވިންގއަށްދާ ފަރާތްތަކާއި، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންވެސް އެކަންކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް