ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 19:08
އަހުމަދު އަދީބު
އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
އަދީބުގެ މައްސަލާގައި އދ. އަށް ޕެޓިޝަނެއް ހުށައަޅަނީ
 
ސިޔާސީ ހިމާޔަތެއް ނުދިން
 
އދ.ގެ ކޮންވެންޝަނާއި ހިލާފު
 
ވާހަކަ ދައްކަން ފުރުސަތު ދީފައިނުވޭ

ރާއްޖެއިން އިންޑިއާ އަށް ދިޔަ ޓަގު ބޯޓެއްގެ ފަޅުވެރިއަކަަށް ވެގެން ފިއްލަވަން މަސައްކަތް ކުރެއްވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ފުލުހުންގެ ހައްޔަރުގައި ރާއްޖެ އަށް އަނބުރާ ގެންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި، އެ މައްސަލާ ގައި ޖެނިވާގައި ހުންނަ އދ ގެ ސްޕެޝަލް ޕްރޮސީޖާރސް އަދި އދ ގެ ވޯކިން ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަން އަށް ޕެޓިޝަނެއް ހުށައަޅާނެ ކަމަށް އަދީބު ތަމްސީލް ކުރައްވާ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އަދީބު ރާއްޖެއަށް ގެނައުމުގެ ދަތުރު ފަށާފައިވާއިރު، އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ވަކީލުންގެ ޓީމުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، އަދީބު ދަތުރު ކުރެއްވި ''ވާގޯ-9'' ޓަގް ބޯޓު ޓެމިލްނާޑުގެ ޓުޓިކޮރިން އަށް ލެފުމުން ވާހަކަ ދައްކަން ފުރުސަތު ލިބުނު ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން އެމަނިކުފާނާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ބޯޓު އޮތީ، ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އެކަމަކު ލިބިފައިވާ ފޮޓޯތަކުން އެނގޭ ގޮތުން ޓަގު ބޯޓު އޮތީ ބަނދަރާ 100 މީޓަރު ދުރު ސަރަހައްދެއްގައި ކަމަށް ވަކީލުން ބުންޏެވެ.

އދ.ގެ ކޮންވެޝަން ބުނާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަށް ވާނީ ގައުމުގެ އައްސޭރިފަށާ 12 މޭލެ ބޭރެވެ. އެ ކޮންވެންޝަން އަށް ރިޔާއަތް ކޮށް ވަކީލުންގެ ޓީމުން ބުނީ، އިންޑިއާގެ އައްސޭރިފަށަށް ބޯޓު ވައްދާފައި ވަނިކޮށް އަނބުރާ ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދަށް ބޯޓު ގެންދިޔަ ކަމަށެވެ. ވަކީލުން ބުނީ، ރާއްޖޭގެ ފުލުހުންނާ އަދީބު ހަވާލު ކޮށްފައިވަނީ އދ.ގެ ކޮންވެންޝަންއާ ހިލާފަށް ކަމަށެވެ. އިންޑިއާ އިން ބުނެފައިވާ ގޮތުން އަދީބު އަށް އެ ގައުމަށް ވަނުމުގެ ހުއްދަ ނުދިނީ ގަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކޮށްފައިވާތީއެވެ.

އަދީބާ ވާހަކަ ދެެއްކުމުގެ ފުރުސަތު ނުދީ އެމަނިކުފާނުގެ ހައްގުތައް ނިގުޅައިގެންފައިވާތީ އެ މައްސަލާގައި އދ.ގެ '' ޔޫއެން ސްޕެޝަލް ޕްރޮސީޖާ އިން ޖެނީވާ'' ގެ އިތުރުން '' ޔޫ އެން ގްރޫޕް އޮން އާބިޓަރީ ޑިޓްންޝަން'' އަށް ޕެޓިޝަނެއް ހުށައަޅާނަން
އަދީބުގެ ވަކީލުން ނެރެފައިވާ ބަޔާން

ސިޔާސީ ހިމާޔަތަށް އަދީބު އެދިލެއްވި ނަމަވެސް އިންޑިއާ އިން ވަނީ ސިޔާސީ ހިމާޔަތް ނުދޭން ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
14%
0%
29%
57%
0%
ކޮމެންޓް