ކ. މާލެ
|
10 ޖުލައި 2019 | ބުދަ 02:47
ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ
ގެޓީ އިމޭޖަސް
ރޮމެލޫ ލުކާކޫ
ލުކާކޫ ހޯދުމަށް އިންޓައިން ޔުނައިޓެޑާ މަޝްވަރާ ކުރަނީ
 
ލުކާކޫ ވިއްކާލަން ޔުނައިޓެޑުން ބޭނުންވަނީ 75 މިލިއަން ޕައުންޑަށް

އިންޓަ މިލާނުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫ ހޯދުމަށް ޔުނައިޓެޑާއެކު މަޝްވަރާ ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި ސްޕޯޓްސްއިން ބުނީ، ލުކާކޫގެ ޓްރާންސްފާ ކަންތަކާ އިންޓައިން ޔުނައިޓެޑާއެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި މަޝްވަރާތައް ފެށިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ލުކާކޫ ވިއްކާލަން ބޭނުންވަނީ 75 މިލިއަން ޕައުންޑަށެވެ. ނަމަވެސް އިންޓައިން އަންނަނީ އެ އަގު ކުޑަކުރަން މަސައްކަތް ކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޓަގެ އިތުރުން ޔުވެންޓަސްއިންވެސް ވަނީ ލުކާކޫ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އެ ކްލަބުންވެސް އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑާއެކު ލުކާކޫ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާ މި ޓްރާންސްފާގައި ޔުނައިޓެޑު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މީގެ ދެ އަހަރު ކުރިން އެވަޓަން ދޫކޮށް، ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ 75 މިލިއަން ޕައުންޑަށެވެ. އޭނާ އަކީ އޭރު ދެވަނަ އަށް ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ލުކާކޫ ވަނީ ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 96 މެޗުގައި 42 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެވަޓަންއަށް ކުޅުނު 166 މެޗުގައި 87 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

ލުކާކޫ ވަނީ ބެލްޖިއަމް ޓީމަށް މިހާތަނަށް ކުޅުނު 81 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް