ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 06:50
ޗެލްސީގެ ފޯވާޑް ލޮފްޓަސް ޗީކް (ވ)
ޗެލްސީގެ ފޯވާޑް ލޮފްޓަސް ޗީކް (ވ)
ޓްވިޓަރ
ލޮފްޓަސް ޗީކް
ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ލޮފްޓަސް ޗީކް އާކޮށްފި
 
ޗެލްސީގެ އެއްބަސްވުން ލޮފްޓަސް ޗީކް އާކުރީ އިތުރު ފަސް އަހަރަށް

ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ރުބެން ލޮފްޓަސް ޗީކް އާކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ލޮފްޓަސް ޗީކް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވަނީ އިތުރު ފަސް އަހަރެވެ. އެގޮތުން އޭނާ 2024 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

ޗެލްސީއާއެކު ލޮފްޓަސް ޗީކް ހެދި އާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފްތާއަކު 120،000 ޕައުންޑު ލިބޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ލޮފްޓަސް ޗީކް ބުނީ އިތުރު ފަސް އަހަރު ކްލަބާއެކު ހޭދަކުރަން ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި، ކުޑައިރުއްސުރެ ޗެލްސީގައި ދުވަސްތަކެއް ހޭދަކުރަން ލިބުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޗެލްސީއާއެކު ތަށިތައް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، ކްލަބުގެ ކީ ކުޅުންތެރިޔަކަށް ވުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ލޮފްޓަސް ޗީކް ވަނީ ބުނެފައެވެ.

ޗެލްސީން 2014 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ލޮފްޓަސް ޗީކް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ގެ ނިޔަލަށް ޗެލްސީގެ ޔޫތު ޓީމަށް ކުޅެފައެވެ.

ޗެލްސީގައި ހުރެފައި ލޮފްޓަސް ޗީކް ވަނީ ކްރިސްޓަލް ޕެލަސްއަށް 2017 ވަނަ އަހަރުގެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ. އޭނާ ވަނީ އެ ކްލަބަށް 25 މެޗު ކުޅެ، ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއަށް ކުޅުނު 72 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައިވާ ލޮފްޓަސް ޗީކް ވަނީ އިނގިރޭސި ގައުމީ ޓިމަށް 10 މެޗު ކުޅެފައެވެ.

ލޮފްޓަސް ޗީކް ވަނީ ޗެލްސީގެ ޔޫތު ޓީމާއެކު ދެފަހަރު އެފްއޭ ޔޫތު ކަޕް ކާމިޔާބު ކުރުމުގެ އިތުރުން ޔުއެފާ ޔޫތު ލީގުވެސް އެއްފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު އެއްފަހަރު އަދި ޔުއެފާ ޔޫރޮޕާ ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް