ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 06:51
ސައުތު އެފްރިކާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ސައުތު އެފްރިކާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: މިސްރު ކަޓުވާލައި، ސައުތު އެފްރިކާ ކުއާޓާއަށް
 
މިސްރުގެ މައްޗަށް ސައުތު އެފްރިކާ ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މިސްރު ކަޓުވާލައި، ސައުތު އެފްރިކާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސައުތު އެފްރިކާއާ ވާދަކޮށް މިސްރު ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

މިސްރުގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ މިސްރުންނެވެ. އެގޮތުން އެޓީމުން ވަނީ ސައުތު އެފްރިކާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައްވެސް އުފައްދާފައެވެ.

މި ހާފްގައި ސައުތު އެފްރިކާއަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެޓީމަށްވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ދެވަނަ ހާފް ފެށިގެންވެސް ދެޓީމުން ދިޔައީ އެޓޭކިންގ ކުޅުމެއް ކުޅެމުންނެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި ސައުތު އެފްރިކާއަށް ކާމިޔާބުކޮށްދިނީ މޮތީބާގެ އެހީތެރިކަމާއެކު ލޯޗްއެވެ. މި ލަނޑާއެކު ސައުތު އެފްރިކާއިން ވަނީ މޮޅު ޑިފެންސެއްކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މިސްރުގެ އިތުރުން ކުއާޓާއިން ދެން ޖާގަ ހޯދީ ކެމަރޫން ބަލިކޮށް ނައިޖީރިއާއެވެ. ކެމަރޫންގެ މައްޗަށް ނައިޖީރިއާ ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް