ކ. މާލެ
|
3 ޖުލައި 2019 | ބުދަ 16:34
ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގެ ތެރެއިން
ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގެ ތެރެއިން
ސޯޝަލް މީޑިއާ
ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް
ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖް: ރިސޯޓަކުން ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް
 
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 20 ގައި

ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖް 2019 ގެ ނަމުގައި ފޯސީޒަންސް ލަނޑާގިރާވަރުން ބ.އަތޮޅު އޭދަފުށީގައި ފުޓުބޯޅަ މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ ރާއްޖޭގެ ރިސޯޓަކުން ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ.

އަންގާރަ ދުވަހުގެ ހަވީރު މި މުބާރާތް ފައްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

މި މުބާރާތް ފައްޓަވައި ދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އޭދަފުށި ވަނީ ގޮއިދޫ އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މުބާރާތުގައި ބ. އަތޮޅުގެ 11 ރަށުން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުޅެވިގެން ދާނީ ތިން ގުރޫޕަކަށް ޓީމުތަށް ބަހައިލެވިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ ޓީމު ސެމީ އަށް ދާއިރު، ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ވެސް ސެމީ އަށް ދާނެއެވެ.

މި މުބާރާތުގެ މެޗުތައް ކުޅެވިގެން ދާނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު ޓާރފު ދަނޑުކަމަށް ވާ އޭދަފުށީ ޓާރފް ދަނޑުގައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 20 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
100%
0%
0%
0%
0%
ކޮމެންޓް