ކ. މާލެ
|
3 ޖުލައި 2019 | ބުދަ 16:31
އިންޑިއާ ކްރިކެޓް ޓީމު
އިންޑިއާ ކްރިކެޓް ޓީމު
ގޫގުލް
ކުރިކެޓް ވޯލްޑްކަޕް
ކުރިކެޓް ވޯލްޑްކަޕް: ބަންގްލަދޭޝް ބަލިކޮށް އިންޑިއާ ސެމީއަށް
 
އިންޑިއާ އިން މެޗު ކާމިޔާބުކުރީ 28 ލަނޑުން

ކްރިކެޓް ވޯލްޑް ކަޕުގައި 28 ލަނޑުން ބަންގްލަދޭޝް ބަލިކޮށް އިންޑިއާ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

މެޗުގައި އިންޑިއާއިން ފުރަތަމަ ކުޅެންއަރައި 50 އޯވަރު ތެރޭ ނުވަ ކުޅުންތެރިން ނުބައިވެ 314 ލަނޑު ވަނީ ހަދައިފައެވެ. ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި 48 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 286 ލަނޑެވެ.

މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ރޯހިތު ވަނީ 104 ލަނޑު ހަދައިފައެވެ. އަނެއްކޮޅުން ބަންގްލަދޭޝް އިން އެންމެ ރަނގަޅަށް ކުޅުނު ސަކިބް ވަނީ 66 ލަނޑު ހަދައިފައެވެ.

މި ނަތީޖާއާއެކު، ބަންގަލަދޭސް ވަނީ މުބާރާތުން ކަޓައިފައެވެ.

ސެމީ ފައިނަލް ކަށަވަރު ވެފައި ވަނީ ތާވަލްގެ އެއްވަނައިގައި 14 ޕޮއިންޓާއެކު އޮތް އޮސްޓްރޭލިއާ އާއި ދެވަނައިގައި 13 ޕޮއިންޓާއެކު އޮތް އިންޑިޔާ އަށެވެ.

ސެމީ ފައިނަލުގެ ތިންވަނަ އަދި ހަތަރުވަނަ ޖާގައަށް ވާދަ ކުރަނީ މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި އޮތް ނިއުޒިލޭންޑް އާއި ތާވަލުގެ ހަތަރުވަނައިގައި އޮތް އިންގްލޭންޑް އަދި ތާވަލުގެ ފަސް ވަނައިގައި އޮތް ޕާކިސްތާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް