ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 00:20
މުއްލާ ޢަބްދުލް ސަލާމް: މަރާލީ ޑްރޯން ހަމަލާއެއްގައި
މުއްލާ ޢަބްދުލް ސަލާމް: މަރާލީ ޑްރޯން ހަމަލާއެއްގައި
ގޫގުލް
އަފްޣާނިސްތާން
ތޯލިބާނުންގެ އިސް ކޮމާންޑަރަކު މަރާލައިފި
 
އޭނާ މަރާލީ ޑްރޯން ހަމަލާއެއްގައި

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާނުންގެ އިސް ކޮމާންޑަރަކު މަރާލައިފިއެވެ.

ވައިގެ ހަމަލާއެއްގައި މަރާލި ކޮމާންޑަރަކީ އަފްޣާން ސިފައިން މީގެ ކުރިންވެސް އެތައް ފަހަރަކު މަރާލާފައިވާކަމަށް ބުނެފައިވާ މުއްލާ ޢަބްދުލް ސަލާމް އަޚުންދުއެވެ.

ތޯލިބާންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދުވެސް ވަނީ އަޚުންދު މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެއީ އެމެރިކާއިން ދިން ހަމަލާއެއްކަމަށްވެސް ވަނީ ބުނެފައެވެ.

އަޚުންދުއަކީ މީހަކާ ނުލައި އުދުއްސާ ފަލައިޓެއް ބޭނުންކޮށްގެން ޚުންދުސް ޕްރޮވިންސްގައި މަރާލި ތިން މީހުންގެ ތެރެއިން އެކަކެވެ.

"ދަތުރަކަށްފަހު އޭނާ ހުރީ ގޭގައި މަޑުކޮށްލައިގެން. ޑްރޯންއެއް ބޭނުން ކޮށްގެން ދިން ހަމަލާއެއްގައި އޭނާ މަރާލީ" އޮފިޝަލަކު ވިދާޅުވިއެވެ.

އުތުރު އަފްޣާނިސްތާންގެ ސީނިއަރ ޕޮލިސް ކޮމާންޑަރަކު ވިދާޅުވީ އަޚުންދުންގެ އިތުރުން ތޯލިބާނުގެ އިތުރު 8 މީހަކުވެސް މަރާލެވިފައިވާކަމަށެވެ.

އެމެރިކާގެ މިލިޓްރީ ތަރުޖަމާން ވިދާޅުވީ އެމެރިކާގެ ބޮން އެޅޭ ޖެޓެއް އެސިޓީގައި ހަރަކާތްތެރިވެފައިވާނޭ ކަމަށެވެ. އެކަމަކު އެއޮޕަރޭޝަން ކާމިޔާބުވިކަމަކަށް ވިދާޅުވެފައެއް ނުވެއެވެ.

ތޯލިބާނުން ދަނީ ހެލްމަންދް އަދު އުރުޒްގާން ސަރަހައްދުގައި އެމީހުންގެ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި އަފްޣާން ސަރުކާރުގެ ބާރު އެސަރަހައްދުގެ ވެރިރަށަށް ކުޑަވަމުން އަންނަ ކަމަށާއި ތޯލިބާނުންގެ ހަރަކާތްތައް އިތުރު ކުރަމުން އަންނަ ކަމަށެވެ.

ތޯލިބާނުން ބުނީ އެމީހުންގެ އަމާޒަކީ އެޤައުމުގައި ތިބޭ ބޭރު ސިފައިންގެ ފައުޖުތަކާއި އެމީހުންގެ ބާރު ހިންގާ އަފްޣާން ސަރުކާރު ކަމަށެވެ. އަދި އާދައިގެ އަފްޣާން ރައްޔިތުންނަށް ހަމަލާ ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް