ކ. މާލެ
|
24 ފެބްރުއަރީ 2017 | ހުކުރު 04:24
ހީވާގި ކަނބަލުން 2017 އެކްސްޕޯ
ހީވާގި ކަނބަލުން 2017 އެކްސްޕޯ
ފޭސްބުކް
ހީވާގި ކަނބަލުން އެކްސްޕޯ
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
 
މި މައުރަޒު ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 14:00 އިން ފެށިގެން އިރު އިރުއޮއްސި 18:00 އަށް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން އިންތިޒާމް ކުރައްވައިގެން ކުރިއަށްގެންދާ ހީވާގި ކަނބަލުން 2017 އެކްސްޕޯ  ހުޅުވައިފި އެވެ.

 

މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރަޢީސުލްޖުމްހޫރިއްޔާ ޔާމިން އަބްދުލްޤައްޔޫމާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.

 

މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންހެން ކަނބަލުންގެ ތަފާތު ހުނަރުވެރިކަން ފެނިގެންދާއިރު އަތްތެރި މަސައްކަތް ދައްކުވައިދޭ ތަފާތު ގިނަ އައިޓަމްތަކާއި އަންހެން ކަނބަލުންގެ ހުނަރުވެރިކަން ފެނިގެންދާނެ އެވެ،

 

މިމައުރަޒު ކުރިއަށްދާއިރު ލައިވް އާރޓްސް ސަގާފީ ގިނަ ހަރަކާތްތައް ފެނިގެންދާނެ އެވެ.

 

މި ފެބްރުއަރީ މަހުގެ 24 އިން ފެށިގެން 27ގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 14:00 އިން ފެށިގެން އިރު އިރުއޮއްސި 18:00 އަށް ކުރިއަށްދާނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް