ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 20:31
ބާސެލޯނާގައި މުޒާހަރާ ކުރަނީ
ބާސެލޯނާގައި މުޒާހަރާ ކުރަނީ
އޭޕީ
ސްޕެއިން
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
 
މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވި މީހުން ބުނާ ގޮތުން މުޒާހަރާގައި 300،000 މީހުން ބައިވެރިވި

ހަނގުރާމައިގެ ސަބަބުން ރައްޔިތުން ނިކަމެތިވެފައިވާ ގައުމުތަކުން އަންނަ އެތައް ހާސް ރެފިއުޖީން ބަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާކޮށްފިއެވެ.

ސްޕެއިންގެ ބާސެލޯނާގައި ރެފިއުޖީން ބަލައިގަތުމަށް ގޮޮވާލާ 160،000  މީހުން މުޒާހަރާކުރި ކަމަށް ފުލުހުން ބުނާއިރު މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވި މީހުން ބުނާ ގޮތުން މުޒާހަރާގައި 300،000 މިހުން ބައިވެރިވިއެވެ.

ބާސެލޯނާގެ މޭޔަރު އަޑާ ކޮލައޫ ވެސް މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރެފިއުޖީން އެނބުރި ގައުމަށް ފޮނުވާލުމާ ދެކޮޅަށް ކެމްޕެއިން ކުރާ އެކްޓިވިސްޓެއްގެ ގޮތުގައި ކުރިން އުޅުއްވި އަޑާ ކޮލައޫއަކީ ސްޕެއިންގެ ސަރުކާރުން، ރެފިއުޖީންނަށް ޖާގަ ދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ފަރާތެކެވެ.

ސެޕްޓެމްބަރު 2015ގައި ސްޕެއިންގެ ސަރުކާރުން ވަނީ ދެ އަހަރުގެ ތެރޭގައި 17،337 ރެފިއުޖީން ބަލައިގަންނާނެ ކަމަށް ބުނެފައެވެ. އެއީ އިޓަލީ އާއި ގްރީސްގެ ކޭމްޕްތަކުން 15،888 ރެފިއުޖީންނާއި ތުރުކީ އާއި ލީބިޔާއިން 1،449 ރެފިއުޖީންނެވެ.

ސްޕެއިންގެ ސަރުކާރުން އެގައުމަށް އެތެރެވުމަށް 17،000 ރެފިއުޖީއަކަށް ފުރުސަތު ދޭނެ ކަމަށް ވައުދުވެފައި ވީ ނަމަވެސް ފުރުސަތު ދީފައި ވަނީ 1،100 މީހުންނަށެވެ. ބުރާސްފަތި ދުވަހު ސްޕެއިނުން ވަނީ 66 ރެފިއުޖީން  ބަލައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް