އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ތައުމީން ނުވަތަ އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

  • ކުންފުނީގެ ބައިވެރިންގެ ފަންޑުން ނެރެންޖެހޭ ޒަކާތުގެ މިންވަރު ކަނޑައެޅައި ނެރެން ޖެހޭ.
  • ކުންފުނީގެ މުވައްޒަފުންނަށް ޝަރީޢާ އާއި ގުޅޭ ތަމްރީނުތައް ދޭންޖެހޭ.

ކ. މާލެ | 27 އޮކްޓޯބަރ 2018 | ހޮނިހިރު 17:58 | 7,257

ބޭންކް އޮފް މޯލްޑިވްސް: އެއްބަސްވުންތައް ހެދިފައި ވަނީ ޝަރީޢާ އާއި އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލަން ޖެހެއެވެ. - ޓްވިޓަރ

(15 އޮކްޓޯބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް ކުންފުނިތައް އިސްލާމީ ޝަރީޢާ އާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި ކޮންމެ ކުންފުންޏެއްގައި ވެސް ޝަރީޢާ އާއި ސުޕަވައިޒަރީ ބޯޑެއް އެކުލަވާލަން ޖެހެއެވެ. އަދި އެންމެހައި ކަންތައްތައް ހިނގަނީ ޝަރީޢާ އާއި އިސްލާމީ އުޞޫލު ތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތޯ ބެލުމަކީ އެބޯޑުގެ ފުރިހަމަ ޒިންމާއެކެވެ. ނަމަވެސް މިބޯޑުން ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ ކަންތައްތައް ބަލަހައްޓާކަށް ނުޖެހޭނެއެވެ. މިކަންތައްތައް ބަލަހައްއްޓައި އެބޯޑަށް ފުރިހަމަ މަޢުލޫމާތު ދިނުމަށްޓަކައި ޝަރީޢާ ކޮންޕްލައެންސް އޮފިސަރެއް (ހިނގަމުންދާ ގޮތް ބަލައި ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމަށް) ޢައްޔަން ކުރެވެންޖެހެ އެވެ. މި މޤާމަކީ މިހާރުގެ ކުންފުނިތައް ހިންގޭ އުޞޫލުތަކުން ދަންނަވާނަމަ އިންޓާނަލް އޮޑިޓަރ ނުވަތަ އެއާ އެއް ފެންވަރެއްގެ މަޤާމަކަށް ވާންޖެހެއެވެ. ކުންފުނީގައި އޮންނަ ޝަރީޢާ ބޯޑުގައި ވެސް އިސްލާމީ ޝަރީޢާ ދަންނަ ބަޔަކާއި، އިންޝުއަރެންސް ދަންނަ ބަޔަކު ތިބެން ޖެހެއެވެ. އަދި ބޯޑުން ނިންމާ ކޮންމެ ކަމެއް ނިންމަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސްގެ ޚިދުމަތް ދޭ ބުރޯކަރ ކުންފުޏެއް ކަމުގައިވާ އެސްއެސްއެސް.ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިރުހާނު ވިދާޅުވެފައި ވެއެވެ.

ޝަރީޢާ ސުޕަވައިޒަރީ ބޯޑުގެ ބައެއް ޒިންމާތައް

  1.  ކުންފުނިން ކުރާ ހުރިހައި އިންޝުއަރެންސް ކޮންޓްރެކްޓް ތަކެއް މުޠާލިޢާކޮށް އެ އެއްބަސްވުންތައް ހެދިފައި ވަނީ ޝަރީޢާ އާއި އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލަން ޖެހެއެވެ. އަދި މިއުޞޫލުތަކާއި ފުށުއަރާގޮތް ވާނަމަ އެ އެއްބަސްވުންތައް އިސްލާމީ އުޞޫލުތަކަށް ރުޖޫޢަ ކުރުމަށް ލަފާއަރުވައެވެ.
  2. އިންޝުއަރެންސް ކުންފުނީގެ ފަރާތުން ހިންގައި ބަލަހައްޓާ އެންމެހައި އިންވެސްޓްމަންޓްތައް ހިނގަނީ ޝަރީޢާ އާއި އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެމަތިންތޯ ބަލައި އޭގައި ރިބާ، ޣަރަރު، "މައިސިރު" ޖުވާ އެކުލެވިފައި ވޭތޯބެލާނެއެވެ. އެފަދައިން އިސްލާމީ އުޞޫލުތަކާ ޚިލާފު ނަމަ އިޞްލާޙުކުރުމަށް އަންގައި އިޞްލާޙު ގެނުވާނެއެވެ.
  3. އިސްލާމީ ޝަރީޢާ އާއި ގުޅޭގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށާއި މުވައްޒަފުންގެ ފަރާތުން ހުށައެޅޭ އެންމެހައި ސުވާލުތަކަށް ޖަވާބުދާރީ ވާނީ މި ބޯޑުންނެވެ. އަދި މި ބޯޑުގައި ތިއްބަވާ އިސްލާމީ ޝަރީޢާގެ ޢިލްމުވެރިންނެވެ.
  4. ޝަރީޢާ އާއި އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެމަތިން ހިންގޭ އެންމެހައި ކަންތައްތައް ސުޕަވައިޒް ކުރާނީ މިބޯޑުންނެވެ. އިސްލާމީ ހަމަތަކާ ޚިލާފުވާ ޙާލަތެއްގައި އެކަން ރަނގަޅު ކުރުވާނެއެވެ.
  5. އިސްލާމިކް ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސް އާއި ގުޅޭ ގޮތުން އަލަށް ވުޖޫދަށް ނެރެވޭ ފަތުވާތައް މުޠާލިޢާކޮށް ކުންފުނީގެ މުއައްޡަފުންނަށް އެންގުމާއި، އިދާރީގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި ކަންކަން ހަމަޖެއްސުމާއި، އޭގެ ތެރެއިން ޚިޔާލު ތަފާތު އަދި އިޚްތިލާފީ ކަމެއް ވާނަމަ އިތުރަށް ޢިލްމުވެރިންނާއި މަޝްވަރާކުރަން ޖެހެއެވެ.
  6. އަލަށް ތައްޔާރުކުރެވޭ އެކި އެކި އިންޝުއަރެންސް ކަވަރ ތަކުގައި ދީނީ ގޮތުން ފުށުއަރާ ކަންތައްތައް ބަލައި ހައްލުކުރަން ޖެހެއެވެ. ނަމަވެސް އެއީ ފަންނީ އެހީތެރިކަން ބޭނުންވާ ކަންތައްތަކެއް ނަމަ ފަންނީ މާހިރުން ކަމަށްވާ "އަންޑަރ ރައިޓާސް"ގެ ލަފާ އާއި އެކު ކުރިޔަށް ގެންދެވޭނެއެވެ.
  7. ކުންފުނީގެ ޙިއްޞާދާރުންނާއި، ކުންފުނީގެ ބައިވެރިންގެ ފަންޑުން ނެރެންޖެހޭ ޒަކާތުގެ މިންވަރު ކަނޑައެޅުމަށް ޓަކައި ކުންފުނީގެ އެކައުންޓެންޓުންނާއި އެކު މަސައްކަތް ކުރާނެއެވެ.
  8. ކުންފުނީގެ މުވައްޒަފުންނަށް ޝަރީޢާ އާއި ގުޅޭ ތަމްރީނުތައް ދިނުމުގައި ކުންފުނިން ތަމްރީނު ދިނުމަށް ޒިންމާވާ ފަރާތްތަކަށް އެހީތެރިވެ ދޭން ޖެހެއެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.