ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 14:49
ޕާކިސްތާން ސަރުކާރުގެ އޮފިޝަލަކު ވަނީ މޭޒުމަތީގައި ބާއްވާފައި އޮތް އެ ވޮލެޓް އޭނާގެ ޖީބަށް ލާފައި
ޕާކިސްތާން ސަރުކާރުގެ އޮފިޝަލަކު ވަނީ މޭޒުމަތީގައި ބާއްވާފައި އޮތް އެ ވޮލެޓް އޭނާގެ ޖީބަށް ލާފައި
ޓްވިޓަރ
ވައްކަން ކުރުން
ކުވޭތުގެ މަންދޫބުގެ ވޮލެޓް ޕާކިސްތާނުގެ އޮފިޝަލަކު ވަގަށް ނެގިކަން ފަޅާއަރައިފި
 
ހަތް ސިކުންތުގެ އެ ވީޑިއޯ މީސްމީޑިއާގައި ވަނީ ވައިރަލްވެފައި
 
ފަޅާ އެރީ ސީސީޓީ ފުޓޭޖް ބެލުމުން

އިންވެސްޓްމެންޓާ ބެހޭ މަޝްވަރާ ކުރަން ޕާކިސްތާނަށް ޒިޔާރަތްކުރި ކުވޭތުގެ ވަފުދުގައި ހިމެނޭ މަންދޫބެއްގެ ވޮލެޓް ޕާކިސްތާން ސަރުކާރުގެ އިސް އޮފިޝަލަކު ވަގަށް ނެގިކަން ފަޅާއަރައިފިއެވެ.

ކުވައިތާއި ޕާކިސްތާނުގެ އޮފިޝަލުން ބައްދަލު ކުރުމަށް ފަހު މީޓިން ރޫމުން ނުކުތް ވަގުތު ޕާކިސްތާން ސަރުކާރުގެ އޮފިޝަލަކު ވަނީ މޭޒުމަތީގައި ބާއްވައިފައި އޮތް އެ ވޮލެޓް އޭނާގެ ޖީބަށް ލައިފައެވެ. އެވަގުތަކީ ކުރިއަށް ދިޔަ މީޓިންގް ނިމި އެތަނުން އެންމެން ވެސް ނިކުތް ވަގުތެވެ. އެވަގުތު އެތަނުގައި އެކަކު ވެސް ނެތެވެ. ހަތް ސިކުންތުގެ އެ ވީޑިއޯ މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ.

ކުވޭތުގެ މަންދޫބު ވަނީ ވޮލެޓް ގެއްލުނުކަން ޕާކިސްތާނުގެ އޮފިޝަލުންނަށް ރިޕޯޓްކޮށްފައެވެ. އެ ނެގި މީހާ ފަޅާ އެރީ އެ ސީނިއާ އޮފިޝަލްގެ ޖީބަށް އެ ވޮލެޓްލާ މަންޒަރު ސީސީޓީވީ ކެމެރާއަށް އެރުމުންނެވެ. އެ އޮފިޝަލް އެންމެ ފުރަތަމަ ވަނީ ވޮލެޓް ނެގި ކަމަށް ދެކޮޅު ހަދައިފައެވެ. ނަމަވެސް ފަހުން ވަނީ އެ ވޮލެޓް ހަވާލުކޮށްފައެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވީ އެ ވޮލެޓް ނެގި މީހާ އަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅާނީ ކޮންފިޔަވަޅެއް ކަމެއް ނުބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
50%
0%
0%
0%
0%
50%
ކޮމެންޓް