ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 08:13
ފޭސްބުކްގެ ގިނަ އެކައުންޓްތަކެއް ވަނީ ހެކްކޮށްފައި
ފޭސްބުކްގެ ގިނަ އެކައުންޓްތަކެއް ވަނީ ހެކްކޮށްފައި
ރޮއިޓަރސް
ފޭސްބުކް ހެކްކުރުން
އިންސްޓަގްރާމް ހެކްކޮށްލުމުގެ ފުރުސަތު އެބަ އޮތް!
 
މިއީ ފަހުގެ ތާރީޚެއްގައި އެ ސައިޓަށް ދިމާވި އެންމެ ބޮޑު ސެކިއުރިޓީ މައްސަލަ

ހެކްކުރި ފޭސްބުކް އެކައުންޓްތައް ބޭނުންކޮށްގެން އިންސްޓަގްރާމް އެކައުންޓްތައް ވެސް ހެކްކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ފޭސްބުކުން ބުނެފިއެވެ.

އެ ކުންފުނިން އެހެން ބުނީ އެ ސައިޓުގެ 50 މިލިއަނެއްހާ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބެލެވިގެން ކުރި ތަހްގީގަށްފަހުއެވެ.

ފޭސްބުކްގައި ޕްރޮފައިލް ފެންނަ ގޮތް ބެލުމަށް ތައްޔާރުކޮށްފައިވާ ނިޒާމްގައިވާ "ލޯވަޅުން" އެކައުންޓްތަކުގެ ސެކިއުރިޓީ ޓޯކަންސް ވަގަށް ދަމައިގަނެވެއެވެ. ސެކުރިޓީ ޓޯކަންއަކީ ފޭސްބުކްއިން ލޮގްއައުޓް ނުވާ ގޮތް ހެދުމަށް ބޭނުން ކުރާ ޓޯކަންއެކެވެ. އެ ޓޯކަން ލިބިއްޖެނަމަ އޭގެ ވެރިފަރާތުގެ އެކައުންޓަށް ޕާސްވޯޑަކާ ނުލާ ވަދެވެއެވެ.

އަންގާރަ ދުވަހު ފެންމަތިވި އެ މައްސަލަ ތަހްގީގު ކުރުމަށް ފަހު ފޭސްބުކުން ބުނީ ހެކްކުރި އެކައުންޓްތަކުން އެހެން އެއްވެސް އެޕްލިކޭޝަނަކަށް ނޫނީ ވެބްސައިޓަކަށް ރަޖިސްޓްރީވެފައިވާނަމަ އެ ވެސް ހެކް ކޮށްފައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި އާންމުންގެ މެދުގައި މަގުބޫލު އިންސްޓަގްރާމް، ސްޕޮޓިފައި، އެއާބީއެންބީ ހިމެނެއެވެ.

ފޭސްބުކް މެދުވެރިކޮށް އެތައް ހާސް އެޕްލިކޭޝަންސްއާއި ވެބްސައިޓަށް ރަޖިސްޓްރީވެވޭ ގޮތް ހަދާފައިވާއިރު މިއީ ފަހުގެ ތާރީޚެއްގައި އެ ސައިޓަށް ދިމާވި އެންމެ ބޮޑު ސެކިއުރިޓީ މައްސަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް