ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 19:51
ރަޝިއާގެ މަތިންދާބޯޓެއް
ރަޝިއާގެ މަތިންދާބޯޓެއް
ވިކިޕީޑިއާ
ރަޝިއާގެ ބޯޓު ވައްޓާލުން
ރަޝިއާގެ މަތިންދާބޯޓު ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން
 
އިސްރާއީލޫގެ އެފް-16 ހަނގުރާމަ މަތީ ބޯޓުތަކަށް ރަޝިއާގެ ބޯޓު ފެންނާނެ
 
އެ މަތިންދާބޯޓު ވައްޓާލާފައިވަނީ ބިމަށް ތިރިކުރަން އުޅެނިކޮށް

ސީރިއާގެ މަތިން 14 މީހުންނާ އެކު ދަތުރުކުރި ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓު ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން ކަމަށް ރަޝިއާއިން ބުނެފިއެވެ.

ސީރިއާގެ އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމުން ވައްޓާލި އެ އަސްކަރީ ބޯޓު ވައްޓާލުމުގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށް ރަޝިއާއިން ބުނެއެވެ.

ސީރިއާގެ އެއަރޕޯޓަށް ޖައްސަން އައި އެ މަތިންދާބޯޓު ވައްޓާލާފައިވަނީ ބިމަށް ތިރިކުރަން އުޅެނިކޮށެވެ. އެ ވަގުތު ލަޓްކިއާ ޕްރޮވިންސްގައިވާ ސީރިއާގެ އަމާޒުތަކަށް އިޒްރޭލުގެ އެފް-16 ގެ ހަނގުރާމަ މަތީ ބޯޓުތަކުން ހަމަލާ ދެމުން ދިޔައެވެ. އެއަށް އަމާޒުކޮށް ސީރިއާއިން ދިން ހަމަލާ ރަޝިއާގެ ބޯޓަށް އެރުމަކީ ސީރިއާގެ މައްސަލައެއް ނޫން ކަމަށް ރަޝިއާއިން ބުނެއެވެ.

ސީރިއާގެ ދައުލަތުގެ ނޫސް އޭޖެންސީއިން ބުނީ އެ ވަގުތު އިޒްރާއިލުން ދިޔައީ ކަނޑު ހުރަސްކޮށްވެސް މިސައިލްތައް ފޮނުވަމުން ކަމަށެވެ. ލަކްނާއަށް ދިން އެ ހަމަލާތައް ހުއްޓުވާފައިވާ ކަމަށް ވެސް އެ ނޫސް އިދާރާއިން ބުނެއެވެ.

އިސްރާއީލުން ބުނީ އެ ހަމަލާގެ ޒިންމާ އެ ގައުމުން ނަގަން ނުޖެހޭނޭ ކަމަށެވެ. އެ ގައުމުން ވަނީ ސީރިއާއަށް ދޭ ހަމަލާގެ ތާވަލް ދީފައި ކަމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅު ނޭޅީ ރަޝިއާއިން ކަމަށެވެ. ރައްދުގައި ރަޝިއާއިން ބުނީ އެ ހަމަލާ ދޭން އުޅޭކަން އެންގީ އެންމެ މިނެޓެއް ކުރިން ކަމަށެވެ. އަދި އެ ވަގުތު އިސްރާއީލުގެ އެފް-16 ހަނގުރާމަ މަތީ ބޯޓުތަކަށް ރަޝިއާގެ ބޯޓު ފެންނާނެ ކަމަށެވެ. އަދި އެ ހަމަލާތައް ދިނުމުން ރަޝިއާގެ ބޯޓު ނުރައްކަލުގެ ތެރެއަށް ވައްޓާލެވޭނެ ކަން އެފް-16ތަކަށް އެނގޭނެ ކަމަށް ވެސް ރަޝިއާއިން ބުނެއެވެ.

ރަޝިއާގެ ބޯޓު ވައްޓާލަން ސީރިއާއިން ބޭނުން ކުރި ސިސްޓަމަކީ ރަޝިއާއިން މީގެ އަހަރުތަކެއް ކުރިން ހަދިޔާ ކުރި އެއްޗެއްކަމަށް އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެންއިން ބުނެއެވެ.

ރަޝިއާގެ 14 މީހުން މަރާލި މި ހަމަލާއާ ގުޅިގެން ރަޝިއާއިން އަޅާނެ ފިޔަވަޅާކާމެދު އަދި ބަހެއް ނުބުނެއެވެ. ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އެ ހަމަލާގެ ސަބަބުން ރަޝިއާއި އިޒްރާއީލުގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް