އަންގާރަ 19 ނޮވެންބަރު 2019
06 ނޮރަ
1441 ރަބީއުލް އައްވަލް 22
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ސިއްހަތު - ރޯދަ އާއި ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

  • ރޯދަ އަށް ހުންނަ އިރު ހާރު ކެއުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.
  • ރޯދަ އަށް ހުރެގެން ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތު ކުރަންވާނެއެވެ.

ރިފްޤާ އަބްދުލް ވައްހާބް
R1phqa

ކ. މާލެ 12 ޖޫން 2018 | އަންގާރަ 17:09 16,025

މީހަކު ކިރަނީ - ފިޓްނަސް ބްރައިޓް

ކޮންމެ މީހަކީ ވެސް ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް އެތަކެއް މަސައްކަތެއް ކުރާނެ މީހެކެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި އެކަށީގެންވާ ވަރަށް ބަރުދަން ލުއިކުރުމަކީ ގިނަ މީހުން އިސްކަންދޭ އެއް ކަންތަކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް ވެގެންދަނީ ބަރުދަން ލުއި ކުރަން ބޭނުންވާ ކޮންމެ މީހަކަށް ލިބިގެންދާ ރަނުގެ ފުރުސަތެކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ބައެއް ކަންތައް:

ހާރު ކެއުން ދޫނުކުރުން: ރޯދަ އަށް ހުންނަ އިރު ހާރު ކެއުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ނަމަވެސް ބަރުދަން ލުއި ކުރުމަށްޓަކައި އެވަގުތު ކާން އެންމެ ރަނގަޅީ ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އެކުލެވޭ ބާވަތްތަކެވެ. މި ގޮތަށް ކެއުމަށް ފަހު އެ ގަޑީގައި ޔޯގަޓް ފަދަ ކިރު ހިމެނޭ އެއްޗެއް ކާލުމަކީ ކުރެވިދާނެ ކަމެކެވެ.

ރަނގަޅަށް ކަސްރަތު ކުރުން: ރޯދައަށް ހުރެގެން ނުވަތަ ރޯދަ ވީއްލައިގެން ނަމަވެސް ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތު ކުރަންވާނެއެވެ. މިގޮތުން 30 މިނެޓް ހިނގަން ނުވަތަ ދުވަން ދެވިދާނެއެވެ.

ރޯދަ ވިއްލާ ގަޑީގައި ހެޔޮވަރު ވަރަކަށް ކެއުން: ރޯދަ ވީއްލަން އެންމެ ރަނގަޅީ ދެ ކަދުރާއި ފެންތައްޓަކުންނެވެ. ރޯދަ ހިފާ ގަޑީގައި ވެސް އަދި ރޯދަވީއްލާ ގަޑީގައި ވެސް ރަނގަޅަށް ކާން ފެށުމުގެ ކުރިން 5 މިނެޓް މަޑުކުރަންވާނެއެވެ. އެ އަށް ފަހު ސޫޕެއް ބޭނުން ކުރެވިދާނެއެވެ. އަދި ހެޔޮވަރު ވަރަކަށް ތަރުކާރީގެ ބާވަތްތަކާއި ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީންސްގެ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ.

ރޯދަ ވީއްލުމަށް ފަހު ގިނައިން ދިޔާ ތަކެތި ބޭނުންކުރުން: ރޯދަ ވީއްލުމަށް ފަހު ހާރުކެއުމާ ދޭތެރޭގައި ގިނައިން ދިޔާ ތަކެތި ބޭނުން ކުރަންވާނެއެވެ. އެގޮތުން މަދުވެގެން އަށް ތަށި ފެން ބުއިމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ބަރުދަން ލުއި ކުރުމަށް އެހީ ވެދޭ އެންމެ މުހިންމު އެއް ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް