ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 09:48
ބ. ދަރަވަންދޫ އެމްޑީޕީ ހަރުގޭގައި ނަގާފައިހުރި އެ ޕާޓީގެ ދިދަ.
ބ. ދަރަވަންދޫ އެމްޑީޕީ ހަރުގޭގައި ނަގާފައިހުރި އެ ޕާޓީގެ ދިދަ.
މުހައްމަދު ޝަރުހާން
އެމްޑީޕީ
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
 
ވޯޓާސް ލިސްޓުތައް ވަނީ އާންމުކޮށްފަ
 
ކުރިން އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު
 
އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް  ބާއްވާ އިންތިހާބު ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ. 

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިން ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު،  ފަސްކުރި ސަބަބެއް ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. 

އެމްޑީޕީން ވަނީ ޗެއަރޕާސަންގެ އިންތިހާބަށްވާންޖެހޭ ތައްޔާރީތައްވެ، އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އެގޮތުން ކޮންމެ ރަށަކުންވެސް ވޯޓުލެވޭ އެ ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރު މިހާރު ވަނީ ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. އޭގެއިތުރުން ޝަކުވާ ހުށަހެޅުމުގެ އުސޫލުތަކާއި ފޯމްވެސް ތައާރަފްކޮށް ޕާޓީގެ ވެސްބައިޓްގައި ވަނީ އާންމުކޮށްފަ އެވެ. 

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލް ހަސަން ލަތީފް އެކަންޏެވެ. 

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ފެބްރުއަރީ މަހުގައި ބާއްވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ ހުރިހާ މެމްބަރުންވެސް ވޯޓުލުމަށް ނިކުތުމަށް ގޮވާލައްވާފަ އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ވަހީދު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް