ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 16:50
ސްޕޯޓްސް ކްލަބު ބާސެލޯނާގެ ކުޅުންތެރިން-ފޮޓޯ: ގޫގަލް
ސްޕޯޓްސް ކްލަބު ބާސެލޯނާގެ ކުޅުންތެރިން-ފޮޓޯ: ގޫގަލް
ގޫގުލް
ފުޓުބޯޅަ
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
 
އެވޯޑް ހަފްލާއަށް ނުދިޔައީ މާދަމާރޭ މެޗެއް އޮތުމުން. ބާސާ

ސްވިޒަލެންޑުގެ ވެރިރަށް ޒިއުރިކުގައި ހޯމަ ދުވަހުގެރޭ ބޭއްވި ދަ ބެސްޓް ފީފާ އެވޯޑް ހަފްލާއަށް ބާސެލޯނާގެ ކުޅުންތެރިން ނުދިޔައީ ސްޕެނިޝް ކަޕުގައި ބުދަ ދުވަހުގެރޭ މުހިންމު މެޗެއް އޮތުމުން ކަމަށް އެ ކްލަބުން ބުނެފި އެވެ.

 

މި އެވޯޑްސްގައި ބާސެލޯނާގެ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި ޖެރާޑް ޕީކޭގެ އިތުރުން އިނިއެސްޓާ ބައިވެރިވެފައެއް ނުވެ އެވެ. މި ހަތަރު ކުޅުންތެރިންނަކީ ވެސް ފީފާއިން ހޮވި ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ.

 

މީގެ އިތުރުން މެސީ އަކީ ދަ ބެސްޓް ފީފާ އެވޯޑް ރޮނާލްޑޯ ހޯދިއިރު، ދެވަނަ އަށް ދިޔަ ކުޅުންތެރިޔާ އެވެ.

 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފީފާއިން އޮތީ އެވޯޑްގައި ބައިވެރިވުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިންނަށް އެނބުރި ސްޕެއިނަށް ދެވޭ ގޮތް ވެސް ހަމަޖައްސައިދީފަ އެވެ.

 

ބާސެލޯނާއިން ބުނީ ކުޅުންތެރިން ހާޒިރުނުވީ ސްޕެނިޝް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގެ ދެވަނަ ލެގުގައި މާދަމާރޭ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ.

 

ކުޅުންތެރިން ނުދިޔަ ނަމަވެސް ކްލަބުގެ ރައީސް ޖޯސެފް މާރިޔާ ބާޓޮމެއޫއާ އެކު ހަތް މެމްބަރުންގެ ވަފުދެއް އެ ހަފްލާގައި ބައިވެރިވި ކަމަށް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް