ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 15:29
ކްލަބް ވޯލްޑްކަޕް އުފުލާލި ރެއާލް މެޑްރިޑްގެ ޓީމު ފޮޓޯއަކަށް ހުއްޓިގެން
ކްލަބް ވޯލްޑްކަޕް އުފުލާލި ރެއާލް މެޑްރިޑްގެ ޓީމު ފޮޓޯއަކަށް ހުއްޓިގެން
ޓްވިޓަރ
ކްލަބް ވޯލްޑްކަޕް
ކްލަބް ވޯލްޑްކަޕް: ރޮނާލްޑޯގެ ލަނޑުން ގްރެމިއޯ ބަލިކޮށް ރެއާލް ތަށި އުފުލާލައިފި
 
ރެއާލް ވަނީ މި ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށްފައި

ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި "ފްރީ ކިކުން" ސައުތް އެމެރިކާގެ ޗެމްޕިއަން ގްރެމިއޯ ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކްލަބް ވޯލްޑްކަޕްގެ ތަށި އުފުލާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ގްރެމިއޯއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

އަބޫދާބީގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހާފްގައި ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ރެއާލްއިންނެވެ. އެގޮތުން އެޓީމުން ވަނީ ގްރެމިއޯގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގައި ގްރެމިއޯ އަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު، އެޓީމު ހިފެހެއްޓުމަށް ރެއާލްގެ ޑިފެންސްލައިނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި ގްރެމިއޯގެ ގޯލަށް އެޓީމުންދިޔައީ ހަމަލާ އުފައްދަމުންނެވެ.

ރެއާލް އިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރެއާލް އަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ކްލަބް ވޯލްޑްކަޕްގައި އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

މުބާރާތުގެ ގޯލްޑެން ބޯލް ލިބިފައިވަނީ ރެއާލްގެ މިޑްފިލްޑަރު ލޫކަ މޮޑްރިޗްއަށެވެ. އޭނާ އަށް މިދިޔަ އަހަރުގެ ކްލަބް ވޯލްޑްކަޕްގައި ލިބުނީ ސިލްވާ ބޯލްއެވެ. ސިލްވާ ބޯލް މި އަހަރު ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނުއިރު، ބްރޯންޒް ބޯލް ލިބުނީ ޕަޗޫކާގެ ޖޮނަތަންއަށެވެ. މުބާރާތުގެ ފެއާޕްލޭ އެވޯޑު ލިބުނީ ރެއާލްއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް