ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 10:45
ރިތިކް ރޯޝަން
ރިތިކް ރޯޝަން
ގޫގުލް
ސުޕަރ 30
ރިތިކް "ސުޕަރ 30" އަށް އާއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި
 
މި ފިލްމު ޑައިރެކްޓް ކުރާނީ ވިކާލް ބަލް

މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސުޕަ 30" ގެ ލީޑް ރޯލުން ފެންނަ ރިތިކް އެ ފިލްމު ކުޅެން އާނއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި ކަމަށް ޚަބަރުތައް ބުނެފިއެވެ.

އާނަންދް ވަނީ މިދިޔަ މަހުގެ ތެރޭގައި މުމްބާއީގައި ހުންނަ ރިތިކްގެ ގޭގައި އޭނާއާ ބައްދަލުކޮށް މި ފިލްމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. ރިތިކް އޭނާގެ ކެރިއަރުގައި މީހެއްގެ ހަޔާތުގެ މައްޗަށް ކުޅޭ ފުރަތަމަ ފިލްމަށް އާއެކޭ ބުނީ އޭނާ އަށް އެ ފިލްމު މޮޅަށް ކުޅެވޭނެ ކަން ޔަގީންވުމުން ކަމަށެވެ.

"ސުޕަރ30" ގައި ރިތިކް ރޯޝަން ފެނިގެންދާނެ ކަމަށް އިއުލާން ކުރިކަމުގައި ވީނަމަވެސް އަދި މި ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ. އަދި މިފިލްމު ސިނަމާތަކަށް އަންނާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭގޮތުގައި އަންނަ އަހަރުގެ ފަހުކޮޅުގައި މި ފިލްމު ސިނަމާތަކަށް އަންނާނެއެވެ.

މި ފިލްމު ޑައިރެކްޓް ކުރާނީ ވިކާލް ބަލްއެވެ.

"ސުޕަ30" އަކީ އިންޑިއާގެ މަޝްހޫރު މެތަމެޓިޝަން އަނަންދު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވާ "ސުޕަރ30" ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް