ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 15:31
ޝެއިޚް ހަސީނާ ރޮހިންޖާ މުސްލިމު ކުއްޖެއްގެ ހާލު ބައްލަވަނީ
ޝެއިޚް ހަސީނާ ރޮހިންޖާ މުސްލިމު ކުއްޖެއްގެ ހާލު ބައްލަވަނީ
އަލްޖަޒީރާ
ޝެއިޚް ހަސީނަ
ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު
 
މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށްހިޖުރަކޮށްފައިވޭ

ރޮހިންޖާ މުސްލިމުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގޮވާލައްވައިފިއެވެ. 

އެކަމަނާ މިހެން ގޮވާލެއްވީ އދ. ގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގުރީރު ކުރައްވަމުންނެވެ. ޝެއިޚް ހަސީނާ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުން އެބައި މީހުންގެ އުފަން ގައުމަށް ރައްކާތެރިކަމާއި އަދި ޝަރަފުވެރިކަމާ އެކު އަނބުރާ ދެވެން ވާނެ ކަމަށެވެ. 

ޝެއިޚް ހަސީނާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ބަންގްލަދޭޝް އާއި މިޔަންމާ ގުޅޭ ބޯޑަރުގައި މިޔަންމާ އިން ލޭންޑް މައިން ވަޅުލަމުންދާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މިހެން މިކަން މިޔަންމާ އިން ކުރަމުން ދަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށްދާ ފަރާތްތަކަށް އެނބުރި މިޔަންމާއަށް ނާދެވޭ ގޮތް ހެދުމަށް ކަމަށެވެ. ޝެއިޚް ހަސީނާ ވަނީ މިޔަންމާގެ މައްސަލައަށް ވަގުތުން ހައްލު ހޯދައިދިނުމަށް އދ. އަށް ވެސް ގޮވާލައްވާފައެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް
22 ސެޕްޓެންބަރ 2017 | ހުކުރު 21:27
Farudhaa
Shekh Haseena Deserves all tgose Nobel Prizes & Sweets which they gives to blind faith Murderers