ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 14:08
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ގޫގުލް
ކެންޔާ
ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު ފަސްކޮށްފި
 
ކެންޔާގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަނީ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލު ކުރުމާ ގުޅިގެން

 

ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިާޚާބު އޮކްޓޯބަަރު 26 އަށް ފަސްކޮށްފިއެވެ.

ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި އިންތިޚާބު ކުރިން ބާއްވަން އޮތީ އޮކްޓޯބަރު 17 ގައެވެ. ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނާ ގޮތުން  ރިޔާސީ އިންތިޚާބު އޮކްޓޯބަރު 26 އަށް ފަސްކުރީ ބުދަ ދުވަހު ސުޕްރީމް ކޯޓުން އިންތިޚާބާ ގުޅޭ ގޮތުން ނެރުނު ރޫލިން އަށް އަމަލު ކުރުމަށް އިތުރަށް ވަގުތު ބޭނުން ވާތީއެވެ.  

ބުދަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ރޫލިންގައި ބުނީ އޯގަސްޓް 8 ގައި ކެންޔާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޓޯރަލް ކޮމިޝަނަށް ވެރިފައި ކުރެވިފައި ނުވާ ކަމަށެވެ. ބުދަ ދުވަހުގެ ރޫލިންގައި އިތުރަށް ބުނެފައިވަނީ އިލެކްޓޯރަލް ކޮމިޝަނުގެ ސާވާތަކަށް، ސުޕްރީމް ކޯޓަށް އެކްސެސް ވެސް ލިބިފައި ނުވާ ކަމަަށެވެ. ސުޕްރީމް ކޯޓުން ރޫލިންގައި ބުނީ އިލެކްޓޯރަލް ކޮމިޝަންގެ ސާވާތަކަށް އެކްސެސް ބޭނުން ވަނީ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ، އިލެކްޓޯރަލް ކޮމިޝަނުގެ ސާވާތަކަށް ހެކަރުން ވަދެ ނަތީޖާ ބަދަލުކޮށްފައިވާ ކަމަށް ކުުރާ ތުހުމަތާ ގުޅިގެން ކަމަށެވެ.

 ކެންޔާގެ ރިޔާސީ އިންތިޚާބު އަލުން ބާއްވަނީ އެގައުމުގެ ސްޕްރީމް ކޯޓުން އިންތިޚާބު ބާތިލު ކުުރުމާ ގުޅިގެންނެވެ. ކެންޔާގައި  ބޭއްވުނު ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކުރީ ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ.

އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާގައި، އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ އަށް ވުރެ 1.4 މިލިއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައި ވަނީ ރައީސް އުހުރު ކެންޔައްޓާ އަށެވެ.  

އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާ ކަމަށާއި އެކަން ކުރީ ނަތީޖާ ބަދަލު ކުރުމަށް ކަަމަށެވެ. އަދި ނަތީޖާ ލިބުމާ އެކު އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ސުޕްރީމް ކޯޓުގައި ޗެލެންޖް ކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް