ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:57
ދެ ގައުމުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުން
ދެ ގައުމުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުން
ޓްވިޓަރ
އެލް ސަލްވަޑޯ-ރާއްޖެ
ރާއްޖެއިން އެލް ސަލްވަޑޯއާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފި
 
ދެ ގައުމުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުން
 
ގުޅުން ގާއިމް ކޮށްފައިވަނީ އދ ގެ އާއްމު ބައްދަލުވުމުގެ ތެރެއިން
 
ރައީސް ޔާމީންގެ ސަރުކާރުންވަނީ ދެ ގައުމަކާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލަފަ

ދިވެހި ރާއްޖެއިން އެލް ސަލްވަޑޯއާއެކު ރަސްމީކޮށް ގުޅުން ގާއިމް ކޮށްފިކަމަށް ނިއުޔޯކުގައި ހުންނަ ރާއްޖޭގެ މިޝަނުން ބުނެފިއެވެ.

މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ އެލް ސަލްވަޑޯގެ ފަރާތުން އެއްބަސްވުމުގައި ފޮރިން މިނިސްޓަރ ހޫގޯ މާޓިނޭޒްސޮއިކުރެއްވިއިރު ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ މުހައްމަދު އާސިމްއެވެ.

ދިވެހި ރާއްޖެއިން އެލް ސަލްވަޑޯއާއެކު ގުޅުން ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުންގާއިމް ކޮށްފައި މިވަނީ އދގެ އާއްމު ބައްދަލުވުމަށް ވަޑައިގެން އުޅުއްވާ ވަފްދުގެ ފަރާތުން މި މަހުގެ 20 ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވަނީ 165 ގައުމަކާއެކުއެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ރާއްޖެއިން ގުޅުން ކަނޑާލި އީރާނުގެ ނަން ޚާރިޖީ ގުޅުން ގާއިމްކޮށްފައި ގައުމުތަކުގެ ލިސްޓުގައި އަދިވެސް އެބައޮތެވެ.

ދިވެހި ރާއްޖެއިން އީރާނާ ގުޅުން ކަނޑާލާފައިވާއިރު ރާއްޖެއިން ވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ގަތަރާ ވެސް ގުޅުން ކަނޑާލާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ވަނީ ދެ ގައުމަކާ ޑިޕްކޮމެޓިކް ގުޅުން ކަނޑާލައި ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ ކޮމަންވެލްތުން ވަކިވެފައެވެ.

މީގެ އިތުރުން ދާދި ފަހުން ރާއްޖެއިން ވަނީ މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް