ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 23:33
ޝޯޓް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ފިލްމް އިނާމް ލިބުނު ފަރާތް
ޝޯޓް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ފިލްމް އިނާމް ލިބުނު ފަރާތް
ފާތިމަތު ޝަނާ މުހައްމަދު
ޝޯޓް ފިމްލް ފެސްޓިވަލް
ޝޯޓް ފިލްމް ފެސްޓިވަލް 2017 ގެ އެންމެ މޮޅު ފިލްމަކަށް " ސްޓޭޓަސް"
 
2018 ވަނަ އަހަރުވެސް ޝޯޓް ފިލްމު ފެސްޓިވަލް ބޭއްވުމަށް ވަނީ ހަމަޖެހިފައި
 
10 ފިލްމު ވަނީ ދައްކާލާފައި
 
އެންމެ މޮޅު ފިލްމަށް 50000ރ. ވަނީ ލިބިފައި

ރާއްޖެޓީވީގެ ޝޯޓް ފިލްމް ފެސްޓިވަލް 2017 ގެ އެންމެ މޮޅު ފިލްމަކަށް "ސްޓޭޓަސް" ހޮވިއްޖެ އެވެ.

ބެސްޓް ފިލްމު ލިބުނު ސްޓޭޓަސް އަށް ވަނީ 50000ރ. ގެ ފައިސާގެ އިނާމު ލިބިފަ އެެވެ. މި އިނާމު ހަވާލު ކޮށްދީފައި ވަނީ ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އެވެ.

އެންމެ މޮޅު ފިލްމު ހޮވާފައި ވަނީ ޖަޖުންގެ މާރކްސްގެ 60 ޕަސެންޓް އާއި އެސްއެމްއެސްގެ 20 ޕަސެންޓް އިތުރުން ރާއްޖެއެމްވީގެ ވެބްސައިޓްގެ ރޭޓިންގްސް އިން 20 ޕަސެންޓް އިންނެވެ.

ޝޯޓް ފިމްލް ފެސްޓިވަލް 2017 ގެ ނަތީޖާ އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބެސްޓް  ފިލްމުގެ އިތުރަށް ބެސްޓް އެކްޓަރ، ބެސްޓް އެކްޓްރެސް، ބެސްޓް ޑައިރެކްޝަން، ބެސްޓް ސިނެމޮޓޮގްރަފީގެ އިތުރުން ބެސްޓް އެޑިޓިން އާއި ބެސްޓް ސައުންޑް ވެސް ވަނީ ހޮވާފަ އެވެ.

މި ރަސްމިއްޔާތުގައި ބެސްޓް އެކްޓަރ އަށް ހަދާނީ ލިޔުން ހަވާލުކޮށްދީފައިވަނީ ފިލްމީ ތަރި ނިއުމާ މުހައްމަދު އެވެ. ބެސްޓް އެކްޓްރެސްއަށް ހަނދާނީ ލިޔުން ދީފައިވަނީ ޑައިރެކްޓަރ އަބްދުލް ފައްތާހު އެވެ. ބެސްޓް ޑައިރެކްޓަރ އަށް ހަނދާނީ ލިުން ހަވާލުކޮށްފައިވަނީ ފިލްމީ ތަރި އަލީ ސީޒަން އެވެ. މީގެ އިތުރުން ބެސްޓް އެޑިޓިންގ އަށް ފިލްމީ ތަރި މަރިޔަމް އައްޒަ ހަނދާނީ ލިޔުން ހަވާލުކޮށްފއިވާ އިރު ބެސްޓް ސިނެމޮޓޮގްރަފަރ އަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި ވަނީ މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި) އެވެ. އަދި ބެސްޓް ސައުންޑަށް ނިއުސް ޑިރެކްޓަރ އަލީ ޔޫސުފް  ހަނދާނީ ލިޔުން ހަވާލުކޮށްފައިވާ އިރު ޝޯޓް ފިލްމް ފެސްޓިވަލްގެ ޖަޖުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފައި ވަނީ ނިއުސް ޑިރެކްޓަރ  ހުޝާމް މުހައްމަދު އެވެ.

ޝޯޓް ފިލްމް ފެސްޓިވަލްގައި ހަނދާނީ ލިޔުން ލިބުނު ފަރާތްތައް؛

  1. ބެސްޓް އެކްޓަރ: ނާރަޔަން ސަރްކާރު، ފިލްމް ބޮންދު

 

3. ބެސްޓް ޑައިރެކްޝަން: ޝާމިން ނިޒާމް، ފިލްމް ބޮންދު

3. ބެސްޓް ސިނެމޮޓޯގްރަފީ: ބޮންދު

 

4. ބެސްޓް އެޑިޓިންގ: ޝާމިން ނިޒާމް އަދި އަހުމަދު ސައީދު، ފިލްމު ބޮންދު

5. ބެސްޓް ސައުންޑް: އުމަރު އަލްތާފު އަދި އަލްފާފު ޝާކިރު، ފިލްމު ބޮންދު

6.  ބެސްޓް އެކްޓްރެސް: އައިމިނަތު ސަޖިޔަތު،ފިލްމު ސްޓޭޓަސް

 މި ރަސްމިއްޔާތުގައި ރާއްޖެޓީވީ ފިތުރު ޢީދަށް ހާއްސަކޮށްގެން ދައްކާފައިވާ ދާސްތާ މިއުޒިކް ޝޯގެ ޑީވީޑީވެސް ވަނީ ރިލީޒްކޮށްފަ އެވެ.

ޝޯޓް ފިލްމް ފެސްޓިވަލް 2017 ވަނަ އަހަރުގެ ޖަޖުންގެ ތެރޭގައި ހިމެނެނީ މުހައްމަދު ޝަރީފު ( ބާރު ޝަރީފު)، އައްޔުމަން ޝަރީފު، އަމްޖަދު އިބްރާހިމް، ރަވީ ފާރޫގް އެވެ.

ޝޯޓް ފިލްމް ފެސްޓިވަލްގައި ހަތަރު ޝޯ ދައްކާފައިވާ އިރު  10 ކުރު ފިލްމު ގެނެސްދީފައިވެ އެވެ. އަންނަ އަހަރުވެސް ޝޯޓް ފިލްމް ފެސްޓިވަލް ރާއްޖެ ޕްލަސް އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލްއަކުން ގެނެސްދިން ފުރަތަމަ ޝޯޓް ފިލްމު މުބާރާތެކެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް