ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:32
ބިންހެލުމާއި ގުޅިގެން މެކްސިކޯގެ ހޮސްޕިޓަލެއް ބޭރުގައި ބަޔަކު މަޑުކޮށްލައިގެން
ބިންހެލުމާއި ގުޅިގެން މެކްސިކޯގެ ހޮސްޕިޓަލެއް ބޭރުގައި ބަޔަކު މަޑުކޮށްލައިގެން
ގޫގުލް
ބިންހެލުން
މެކްސިކޯގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކަށް 8 މެގްނިޓިއުޑް ގައި ބިންހެލުމެއް އަތުވެއްޖެ
 
ބައެއް ގައުމުތަކަށް ވަނީ ސުނާމީ އެލާޓް ނެރެފައި

މެކްސިކޯގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކަށް ރިކްޓާ މިންގަނޑުން 8.1 މެގްނިޓިއުޑެ ބިންހެލުމެއް އައިސް މަދުވެގެން ފަސް މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބިންހެލުން އައި އެޕިސެންޓާ ނުވަތަ ސީދާ ތަނަކީ މެކްސިކޯގެ ޓައުނެއް ކަމަށްވާ ޕިޖިޖިއަޕަންގެ ދެކުނު-ހުޅަނގުން 87 ކިލޯމީޓަރު ދުރަށެވެ. ބިންހެލުން އައީ 70 ކިލޯމީޓަރު ބިމުއަޑިއަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 

މި ބިންހެލުމާ ގުޅިގެން މެކްސިކޯ، ގުވާޓަމާލަ، އެލް ސަލްވަޑޯ، ކޮސްޓަ ރިކާ، ނިކަރާގުއާ، ޕެނަމާ އަދި ހޮންޑިއުރަސް އަށް ވަނީ ސުނާމީ އެލާޓް ނެރަފައެވެ.

މެކްސިކޯގެ ޗިއަޕަސް ސްޓޭޓުގައި ދެ މީހަކު މަރުވިކަމަށް ރިޕޯޓުތައް ބުނާއިރު އިތުރު ދެ މީހަކު ޓަބަސްކޯ ސްޓޭޓް އިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުވަޓަމާލާ އިން ވެސް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މެކްސިކޯގެ ރައީސް އެންރީކޭ ޕެނާ ނެޓޯ ވަނީ އެގައުމުގެ ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރާ އެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާކަމަށް ވިދާޅުވެފައެވެ. 

މެކްސިކޯ އާގަތަށް ބިންހެލުމެއް އައިސްފައިވާއިރު އެގައުމަށް ވަރުގަދަ ތޫފާނެއް އަރާފާނެ ކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް