ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 07:38
ކަރީނާ ކަޕޫރު
ކަރީނާ ކަޕޫރު
ގޫގުލް
"ވީރޭ ދި ވެޑިން"
"ވީރޭ ދި ވެޑިން" ގެ ޝޫޓިން ފަށައިފި
 
މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ ނިއުދިއްލީގައި

ކަރީނާ ކަޕޫރު "ވީރޭ ދި ވެޑިން" ގެ ޝޫޓިން ފަށައިފިއެވެ.

"ވީރޭ ދި ވެޑިން" ގެ ޝޫޓިން ކަރީނާ ފަށާފައިވަނީ އިންޑިއާގެ ދިއްލީގައެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ ކަރީނާއެކު ސޯނަމްކަޮޕޫރާއި ސްވަރާ ބަސްކަރެވެ.

މި ފިލްމުގެ ޕްރޮޑީއުސަރަކީ ރިއާ ކަޕޫރެވެ. އޭނާ ވަނީ "ވރޭ ދި ވެޑިން" ގެ ޝޫޓިން ފެށުނުކަމުގެ ވީޑިއޯ އިންސްޓަގްރާމަށް ލާފައެވެ.

ކަރީނާ ގެ އެވީޑިއޯގައި ވަނީ "ވީރޭ ދިވެޑިން" އަށްފަހު ރިއާ ކަޕޫރު ވެގެންދާނީ އެންމެ މޮޅު އަންހެން ޕްރޮޑިއުސަރަށްކަމަށް ބުނެފައެވެ.

"ވީރޭ ދި ވެޑިން" ގެ ޝޫޓިން ފަށާފައިމިވަނީ އެތައް ދުވަހަކަށް އެ ފިލްމުގެ ޝޫޓިން ލަސްކުރުމަށްފަހުގައެވެ.

އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ "ވީރޭ ދި ވެޑިން"ގެ ޝޫޓިން މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ޕްރޮޑިއުސަރ އެކްތާކަޕޫރު އެތައް ފަހަރެއްގެ މަތިން ވަނީ ބުނެފައެވެ. މިފިލްމަށް ތައްޔާރުވުމަށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރުވެސް ވަނީ ވިހެއުމަށް ފަހު ވަނީ އޭނާގެ ބަރުދަން ލުއި ވެސް ކޮށްފައެވެ. އަދި އެއް އެކްޓަރ ސްވަރާ ބާސްކަރް 10 ކިލޯ ލުއިވެސް ކޮށްފައެވެ.

ކަރީނާ އާއި ސޯނަމްއާ އެކު ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިޔާ މުހިންމު ރޯލުން ފެނިގެންދާ މި ފިލްމަކީ ގިނަ ބަތަލާއިންތަކެއް ލީޑްރޯލުން ފެނިގެންދާ ފިލްމެވެ. މި ފިލްމުގެ ޝޫޓިން 55 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީއާ ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް