ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 13:03
އަލިފާން ރޯވީ ދަންވަރު 2:00 ހާއިރު
އަލިފާން ރޯވީ ދަންވަރު 2:00 ހާއިރު
ރާއްޖެއެމްވީ
ކެންޔާގެ ސްކޫލެއްގައި ރޯވުން
ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ
 
މިއީ 1،183 ދަރިވަރުންގެ ސްކޫލެއް
 
އަލިފާން ރޯވީ ދަންވަރު 2:00 ހާއިރު
 
10ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނޭ

ކެންޔާގެ ވެރިރަށް ނެއިރޯބީގައި ހުންނަ އަންހެންކުދިންގެ ސްކޫލެއްގައި އަލިފާން ރޯވެ، ހަތް ކުދިން މަރުވެ އިތުރު 10ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސްފިކަމަށް އޮފިޝަލުން ބުނެފިއެވެ.

ހައިސްކޫލްގެ ބޭރުގައި ހުންނަވައި ރިޕޯޓަރުންނަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން ކެބިނެޓް ސެކްރެޓަރީ ވިދާޅުވީ މޮއާ ގާލްސް ސްކޫލްގެ ކްލާސްރޫމެއްގައި ރޯވެ އަނދާފައިވަނީ ހުކުރުދުވަހުގެރޭ ދަންވަރު ކަމަށެވެ.

"ސްކޫލްގެ ކްލާސް ރޫމެއްގައި އަލިފާން ރޯވީ ދަންވަރު 2:00ގައި .މިއީ ވަރަށް ހިތާމަހުރި ކަމެއް. ވަރަށް ހިތާމަހުރި" ފްރެޑް މަތިއެންޖީ ވިދާޅުވިއެވެ.

"މިއީ 1،183 ދަރިވަރުންގެ ސްކޫލެއް، އަދި އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ފަޚުރުވެރިވާ އަޅުގަނޑުމެންގެ އެންމެ މަތީ އެއް ސްކޫލް" އޭނާ ވިދާޅުވިއެވެ. 

އެޑިއުކޭޝަން ސެކްރެޓަރީ ވިދާޅުވީ އަލިފާން ރޯވާން ދިމާވި ސަބަބާ ބެހޭގޮތުން ވާހަކަދައްކަން އަދި އަވަސް ކަމަށާއި ތަހުގީގު ދަނީ ކުރިއަށް ކަމަށެވެ.

"މިހާރު 10 ކުއްޖަކު އެބަ އޮތް ހޮސްޕިޓަލުގައި، ދެ ކުއްޖަކު އޮތީ ސީރިއަސް ހާލަތުގައި. މިއަދު ހެނދުނު އަޅުގަނޑުމެން ނިންމައިފިން ދެ ހަފްތާއަށް ސްކޫލް ބަންދުކުރަން، އެއީ އަޅުގަނޑުމެން އެބަ ބޭނުންވޭ ކިހިނެއް ހިނގި ކަމެއްތޯ ބަލަން ތަހުގީގުކުރަން" މަތިއެންޖީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް