ހޮނިހިރު 24 އޮކްޓޯބަރ 2020
07 ހެއި
1442 ރަބީއުލް އައްވަލް 07
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:05
ހައްޖު 1438

އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ހައްޖުވެރިންގެ ސަލާމަތައް ނިކުމެއްޖެ

  • ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަންވެސް ވަނީ ވަރުގަދަ ކޮށްފައި
  • ޓެރަރިސްޓުންގެ ނުރައްކާ މުޅިން ފިލައިގެން ގޮސްފައިވާ ކަމަށް ސައުދީ ސަރުކާރުން ނުދެކޭ

ކ. މާލެ | 30 އޯގަސްޓް 2017 | ބުދަ 14:45 | 4,297

2017 ވަނަ އަހަރުގެ ހައްޖުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާނެ ކަމަށް ސައުދީ ސަރުކާރުން ބުނޭ - ސައުދީގެޒެޓް

ދެ މިލިއަން ހައްޖާޖީން ހައްޖުގެ އަޅުކަމުގައި އުޅެމުންދާއިރު އެމީހުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެއްލައްކަ އަށް ވުރެ ގިނަ ސިފައިން ނުކުމެފައި ވާކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ހައްޖުވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވަރުގަދަ ކޮށްފައި ވީ ނަމަވެސް ހަތިޔާރު އެޅި އެއްވެސް ޖަމާއަތެއްގެ ހަރަކާތެއް ފާހަގަވެފައި ނުވާ ކަމަށްވެސް ސައުދީން ބުނެފައިވެއެވެ.

އަންގާރަ ދުވަހު އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު މޭޖަރ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވީ، ހަތިޔާރުއެޅި ޖަމާއަތްތަކުގެ އެތައް ސެލް އެއް ފާއިތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި މައްކާ އާއި މަދީނާ އިން ނައްތާލެވިފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ރޮއިޓާސް އަށް ކިޔައިދެއްވި ގޮތުގައި، ޓެރަރިސްޓް ޖަމާއަތްތައް ނައްތާލެވުނަސް އެ ޖަމާއަތްތަކަށް ނިސްބަތްވާ އެންމެ ނެތިގެން ނުދާކަން ތަޖުރިބާއިން އެނގޭ ކަމަށެވެ.

އެހެން ކަމުން، ކުރިމަތިވެދާނެ ނުރައްކަލަކަށް އަބަދުވެސް ތިބެންޖެހޭނީ ވިސްނައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ތުރުކީ ވިދާޅުވީ، މައްކާ، މަދީނާގެ އިތުރުން ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރެވިފައިވާ ކަމަށެވެ.

ތުރުކީ ވިދާޅުވީ، 2015 ގައި ކުރިމަތިވި ފިތިބާރުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވުންފަދަ ހާދިސާ އެއް ތަކުރާރުވިޔަ ނުދިނުމަށްވެސް ސަލާމަތީ ބާރުތަކުން ތައްޔާރަށް ތިބި ކަމަށެވެ.

އެއާއެކު ތުރުކީ ވިދާޅުވީ ހައްޖާޖީންވެސް ކަމާބެހޭ ގޮތުން ކަނޑައެޅިފައިވާ ގަވައިދުތަކާ އުސޫލްތަކާ ޝެޑިއުލަށް ކަންކަން ކުރުމަކި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މުހިންމު ކަމެއް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.