ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 11:42
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ޓްވީޓްކުރެއްވި ފޮޓޯ
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ޓްވީޓްކުރެއްވި ފޮޓޯ
ޓްވިޓަރ
ރައީސް އޮބާމާ
މިހާތަނަށް އެންމެ ގިނަ "ޓްވިޓާ ލައިކްސް" ގެ ރެކޯޑް އޮބާމާއަށް
 
ޓްވިޓާގައި މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބުނު 10 ޓްވީޓްގެ ތެރޭގައި އޮބާމާގެ ހަ ޓްވީޓެއް ހިމެނޭ
 
އޮބާމާކުރެއްވި މި ޓްވީޓަށް 4.3 ލައިކްސް އަދި 1.6 ރީޓްވީޓް ވަނީ ލިބިފައި

ޓްވިޓާއިން އެންމެ ގިނަ ލައިކްސް ލިބުނު ފަރާތަކަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހިމެނިވަޑައިގެންފިއެވެ.

ޓްވިޓާގައި އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަކީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެކެވެ.  

އޮބާމާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެއްވެސް މީހަކީ އުފަންވާއިރު އެހެންމީހުންގެ ނަސްލާއި ހަމުގެ ކުލަ އަދި ދީނީ ގަބޫލުކުރުންތަކުގެ ސަބަބުން ނަފްރަތުކުރަން ދަސްވެފައިވާ މީހެއް ނޫން ކަމަށެވެ. އެއީ ނަލްސީ ތަފާތަށް ނުހަނު ޚިދުމަތް ކުރެއްވި ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެ ލިޔުންކޮޅާ އެކު އޮބާމާ ވަނީ އެކި ނަސްލު ދައްކުވައިދޭ ހަތަރުކުދިން ކުޑަދޮރެއްގެ ތެރެއިން އެމަނިކުފާނަށް ހީލާފައިވާ ފޮޓޯއެއް އެޓޭޗްކުރައްވާފައެވެ.

އޮބާމާކުރެއްވި މި ޓްވީޓަށް ވަނީ 4.3 ލައިކްސް ލިބިފައެވެ. އަދި 1.6 ރީޓްވީޓް ވަނީ ލިބިފައެވެ.

 

 

މިއީ އޮބާމާ މިމަހުގެ 13 ވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓެކެވެ.

ޓްވިޓާގައި މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބުނު 10 ޓްވީޓްގެ ތެރޭގައި އޮބާމާގެ ހަ ޓްވީޓެއް ހިމެނއެވެ. 

ކުރިން ޓްވިޓާގައި އެންމެ ގިނަ ލައިކްސް ލިބިފައި ވަނީ ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ކޮށްފައިވާ ޓްވީޓަކަށެވެ. އެޓްވީޓަށް ލިބިފައި ވަނީ 2.7 މިލިއަން ލައިކްސްއެވެ.


 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
25%
50%
0%
0%
25%
0%
ކޮމެންޓް