ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 14:26
ބާހްބަލީ2
ބާހްބަލީ2
ހޮލީވުޑް ލައިފް
"ބާހްބަލީ2"
"ބާހްބަލީ 2" ގެ ރައިޓްސް ނެޓްފްލިކްސް އަށް
 
ނެޓްފްލިކްސްއަށް ވިއްކާލާފައިވަނީ 4 މިލިއަން ޑޮލަރަށް

މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ސިނަމާތަކަށް އައި "ބާހްބަލީ2" ފިލްމު ސްޓްރީމުން ނެޓްވަރކް ނެޓްފްލިކްސްއަށް ވިއްކާލައިފިއެވެ.

މި ފިލްމު ނެޓްފްލިކްސްއަށް ވިއްކާލާފައި ވަނީ 4 މިލިއަން ޑޮލަރަށެވެ.

އެތައް ބައެއްގެ ތަރުހީބު ލިބިފައިވާ "ބާހްބަލީ2" އަށް ވިއްކާލުން އެއީ އުފާވާކަމެއް ކަމަށް ނެޓްފްލިކްސްގެ ވައިސް ޕްރެޒިޑެންޓް ޖެސިކާ ބުނެފައިވެއެވެ.

"ބާހްބަލީ2" އަށް ވަނީ މިހާތަނަށް 1800 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" އަޅުވާފައި ވަނީ 9000 ސްކްރީނެއްގައެވެ.

އިންޑިއާގެ 6،500 ސިނަމާގައި އަޅުވާފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި ވަނީ އެ ފިލްމު އަޅުވާފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް