ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 15:46
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ރާއްޖެއެމްވީ
މުއިއްޒުގެ ކޮރަޕްޝަން މައްސަލަ
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން އެމްޑީޕީން އިދާރާތަކަށް ގޮވާލައިފި
 
ދިވެހި ފުުލުހުންގެ ޚިދުމަތުން ތައްޔާރު ކޮށްފައިވާކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން
 
ބޭރުގެ ނުފޫޒު ގަދަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ޖަމާވިކަމަށް ތުހުމަތު ކުރެވޭ

ރައީސް ޑރ މުޙައްމަދު މުއިއްޒާ ގުޅޭގޮތުން ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތައް ހުރިއިރު، މިނިވަން މުއައްސަސާތަކުން ޒިންމާދާރުކަމާއެކު އެކަންކަން ބަލައި، ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނުު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުގައާއި، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ޤާނޫނުތަކާ ޚިލާފަށް އަމިއްލަ މަންފާއަށް ކުރައްވާފައިވާ ގިނަ ކަންކަމުގެ ތުހުމަތުތައް މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށާއި، މި ކަންކަމަކީ ކަމާ ގުޅުންހުރި އިދާރާތަކުން އަމިއްލައަށް އިސްނަގައިގެންވެސް ބަލަންޖެހޭ ކަންކަން ކަމަށެވެ.

އެގޮތުން މިނިސްޓަރުކަމުގައި ހުންނެވިއިރު، މިނިސްޓްރީގެ ޕްރޮޖެކްޓުތައް ހިންގި ބޭރުގެ ނުފޫޒު ގަދަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ޖަމާވިކަމަށް ބުނާ މަައްސަލަ އީސަ ފާހަގަ ކުރެއްވިއެވެ.

އެ މައްސަލަތަކާ ގުޅިގެން ދިވެހި ފުުލުހުންގެ ޚިދުމަތުން ތައްޔާރު ކޮށްފައިވާކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ރިޕޯޓުތަކަށް ބަލާއިރު، އެކި ފަހަރުމަތިން ބޮޑެތި އަދަދުތަކުން މުއިއްޒަށް ފައިސާ ލިބިވަޑައިގެންފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެކަންކަމާ ގުޅޭ އެސްޓީއާރްތައްވެސް ލީކުވެފައިވާ މައުލޫމާތުތަކުން ފެނެއެވެ.

އީސަ ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ޒިންމާދާރުކަމާއެކު އެކަންކަން ބަލައި، ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް