ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 13:33
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު
ރާއްޖެއެމްވީ
މަގޫދޫ އެއާޕޯޓު މައްސަލަ
މަގޫދޫ އެއާޕޯޓު މައްސަލައިގައި ޒާތީ މަންފާއަށް ސަރުކާރުން އެ އުފެއްދީ ޒަމާންތަކަކަށް ދެމިގެންދާނެ ފިތުނައެއް: ސާލިހު
 
މަގޫދޫ އެއާޕޯޓު އެޅުމަށް ސަރުކާރަށް މަޖުބޫރު ކުރުވުމަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ
 
އެރަށަށްވެސް ތަފާތު ކުރުމެއް ނެތި އަޅާލެވެން ޖެހޭނެކަމަށް ރައީސް ސާލިޙު ވިދާޅުވި
 
މަގޫދޫއަކީ އެމްޑީޕީ ސަރުކާރު ފިޔަވައި އެހެން ސަރުކާރުތަކުގައި ނުހަނު ބޮޑަށް އިހުމާލުވެފައި އޮތް ރަށެއް

މަގޫދޫ އެއާޕޯޓު މައްސަލައިގައި ޒާތީ މަންފާއަށް ސަރުކާރުން ދެ ރަށެއްގެ ދެމެދުގައި އެ އުފެއްދީ ޒަމާންތަކަކަށް ދެމިގެންދާނެ ފިތުނައެއްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފ މަގޫދޫގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިހާރުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، މި ސަރުކާރުން ބާރު ސްޕީޑުގައި ކުރަމުންދާ ކަަމަކީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ހުއްޓާލުމާއި، ފިތުނަ އުފެއްދުން ކަމަށެވެ. އެގޮތުން ދޭދޭ ރައްޔިތުންގެ މެދުގަޔާއި، އެއް ރަށާއި އަނެއް ރަށާ ދެމެދުވެސް ފިތުނަ އުފައްދަމުންދާކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއަށް އަލިއަޅުވާލައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ، މަގޫދޫ އެއާޕޯޓު މަޝްރޫއު ހުއްޓުވައި، އެހެން ރަށެއްގައި އެއާޕޯޓު އެޅުމަށް ނިންމާފައިވަނީ ހަމައެކަނި ސަރުކާރުގެ އަމިއްލަ ޒާތީ ބޭނުމަކަށް ކަމަށެވެ. އެކަމުގެ ސަބަބުން ނުކުމެގެން އުޅޭ މައްސަލަތަަކަކީ ޒަމާންތަކަކަށް ދެމިގެންދާނެ ފަދަ ފިތުނައެއްކަން ރައީސް ސާލިހު ސިފަ ކުރެއްވިއެވެ.

މި ސަރުކާރުން ބާރު ސްޕީޑުގައި ކުރަމުންދާ މަސައްކަތަކީ ފެށިފައި ހުރި މަޝްރޫއުތައް ހުއްޓާލުން، ފިތުނަ އުފެއްދުން، ދެމީހުން ދޭތެރޭގައި ފިތުނަ، ދެރަށް ދޭތެރޭގައި ފިތުނަ، ދެ އަތޮޅު ދޭތެރޭގައި ފިތުނަ، މި ނޫން އެއްވެސް ކަމެއް ނުކުރޭ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު

ރައީސް ސާލިހު އިތުރަށް ވިދާޅުވީ، މަގޫދޫއަކީ އެމްޑީޕީ ސަރުކާރު ފިޔަވައި އެހެން ސަރުކާރުތަކުގައި ނުހަނު ބޮޑަށް އިހުމާލުވެފައި އޮތް ރަށެއް ކަމަށެވެ. ނަމަވެސް އެރަށަށްވެސް ތަފާތު ކުރުމެއް ނެތި އަޅާލެވެން ޖެހޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ސަރުކާރުގައި މަގޫދޫގައި ގިނަ މަޝްރޫއުތަކެއް ފަށާފައިވާނެކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީ ދެމި އޮންނާނީ އެގޮތުގައި ކަމަށެވެ.

އަދި މަގޫދޫ އެއާޕޯޓު އެޅުމަށް ސަރުކާރަށް މަޖުބޫރު ކުރުވުމަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށާއި، ދައުލަތުގެ މާލިއްޔަތަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަމިއްލަފުޅު މިލްކިއްޔާތެއް ނޫންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ ކުރިއަށް އޮތް ތަނުގައި އެކަންކަން އިސްލާޙު ކުރުމަށް އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ