ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 13:01
ހައްދުގެ ޕޯސްޓަރެއް
ހައްދުގެ ޕޯސްޓަރެއް
އަވަސް
ފިލްމު "ހައްދު"
"ހައްދު" ގެ މިއުޒިކް މިރޭ ރިލީޒްކުރާނެ
 
މިފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ 8 ގައި

ޑައިރެކްޓަރު ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ މިއުޒިކް ރިލީޒްކުރުން މިރޭ އޮންނާނެ އެވެ.

 

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ފައްތާޙް ބުނީ މި ފިލްމުގައި ހިމެނޭ 6 ލަވައިގެ އޯޑިއޯ އާއި ވީޑިއޯ ރިލީޒް ކުރުން އޮންނާނެ ކަމަށެވެ.

 

އަދި އިވެންޓަކީ ވަރަށް ހާއްސަ ތަފާތު އިވެންޓަކަށް ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

 

ސެޕްޓެމްބަރު 6 ގައި ސިނަމާތަކަށް ނިކުންނަ މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ އަށެއް އޮގަސްޓް ގައެވެ.

 

މި ފިލްމުގެ އޮފިޝަލް ޓްރެއިލާ ވަނީ ރާއްޖެޓީވީ މެދުވެރިކޮށް ނެރެފައެވެ. މިފިލްމުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ ރާއްޖެޓީވީއެވެ. ފައްތާހު ބުނީ މި ފިލްމުގައި ދިވެހިންގެ ހިތްތަކަށް ބޭނުންވާނެ ތަފާތު ރަހަތައް ފެންނާނެ ކަމަށެވެ.

 

މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބަލާލުމުން "ހައްދު ފަހަނަ އެޅުމުން" ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

 

ތަރިންގެ ރޯލުން ފެނިގެން ދަނީ މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
33%
0%
0%
ކޮމެންޓް