ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 03:30
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
ރޮއިޓާރސް
އިންގްލެންޑު ޤައުމީ ޓީމު
ޔުނައިޓެޑާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ސައުތުގޭޓް ޖަވާބެއް ނުދިން!
 
ސައުތުގޭޓް ބުނީ، މެންޗެސްޓަރ ޔުނައިޓެޑުގައި މިވަގުތު ކޯޗެއް އެބަހުރި ކަމަށް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމުގެ ހުށަހެޅުން ލިބިފައިވޭތޯ ސުވާލު ކުރުމުން، އެކަމަށް ސީދާ ޖަވާބެއް ދިނުމަށް އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ދެކޮޅު ހަދައިފި އެވެ.

ސައުތުގޭޓާ އެ ސުވާލު ނޫސްވެރިން އަމާޒުކުރީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން މެންޗެސްޓަރ ޔުނައިޓެޑުން އެ ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ޓީމުން ބޭނުންވާ މީހުގެ ލިސްޓުގައި ސައުތުގޭޓުގެ ނަން އޮތް ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދިނުމަށް ސައުތުގޭޓް ކިބައިން ވަނީ އެދިފަ އެވެ

އެ ސުވާލަށް ޖަވާބު ދެމުން ސައުތުގޭޓް ބުނީ، މެންޗެސްޓަރ ޔުނައިޓެޑުގައި މިވަގުތު ކޯޗެއް އެބަހުރި ކަމަށާއި، އެކަމުގެ ވާހަކަ އޭނާ ދެއްކުން ވަނީ ކުރެވޭ ވަރަށް ބޮޑު ބޭއިޙުތިރާމަކަށް ކަމަށެވެ. އޭނާ އަކީ އިންގްލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ކަމަށާއި، އޭނާ އަށް އޮތީ އެންމެ އަމާޒެއް ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ. އެއީ އިންގްލެންޑަށް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްދިނުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެ ނޫން އިތުރު އެއްޗެއް މިހާރު ބުނަން ނެތް ކަމަށް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން މިހާރު އިންގްލްންޑު ތައްޔާރުވަމުން އަންނަނީ މިއަހަރުގެ ޖޫން މަހުގެ ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށެވެ. އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި އިންގްލެންޑު ވަނީ ވާދަކޮށްފަ އެވެ. އިޓަލީ އަތުން އިންގްލެންޑު ބަލިވީއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ ޗެސް ސައުތުގޭޓް އެވެ. އޭނާއާ ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް އިންގްލެންޑަށް ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ތައްޓެއް ކާމިޔާބު ކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
0%
ކޮމެންޓް