ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 04:44
މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ (ކ) އާއި ބުރޫނޯ ފެނާންޑޭޒް
މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ (ކ) އާއި ބުރޫނޯ ފެނާންޑޭޒް
ޑެއިލީ މެއިލް
މެންޗެސްޓާ ޔުނައިޓެޑް
މެގުއާ ފުރަތަމަ ހާފުގައި ގޯސް، ރަނގަޅަށް ކުޅުނީ ދެ ވަނަ ހާފުގައި: ކޯޗު
ރެފްރީ ހުރީ ޔުނައިޓެޑަށް ޖެހި ހުސްވެފައި: ބޯނެމައުތު ކޯޗް

މެންޗެސްޓާ ޔުނައިޓެޑަށް ބޯނެމައުތު އަތުން މޮޅުނުވެވުނު މެޗުގައި ޑިފެންޑަރު ހެރީ މެގުއާ އަށް ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުނު ނަމަވެސް ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނު ކަމަށް ކޯޗު އެރިކް ޓެންހަގް ބުނެފި އެވެ.

ބުރޫނޯ ފެނާންޑޭޒްގެ ދެ ގޯލުން 2-2އިން އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޓެންހަގް ބުނީ މި މެޗަކީ މޮޅުވާންޖެހޭ މެޗެއް ކަމަށާއި މެޗުގެ ތިން ޕޮއިންޓް ގެއްލިގެން ދިޔައީ އިންވިޖިއަލް މިސްޓޭކްތަހާ ހެދި ކަމަށެވެ. 

"ހެރީ މެގުއާ އަށް ފުރަތަމަ ހާފުގައި ވަރަށް ދަތިކޮށް އުޅެން ޖެހުނީ. އެކަމަކު އޭނާ އެކަން ރަނގަޅުކޮށް ފަހު ހާފުގައި ރަނގަޅަށް ކުޅުނު. ސަބަބަކީ އަހަރުމެން އޭނާގެ ފަރާތުން މޮޅަށް ކުޅޭތަން ދެކެން ބޭނުންވާތީވެ،"
ކޯޗު ބުންޏެވެ.

ނަމަވެސް މެޗުން މޮޅުނުވެވުމުން ކޯޗު ބުނީ މިއީ ގަދަ ހަތަރަކަށް އެރުމަށް ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށެވެ. ސަބަބަކީ ލީގު ނިމެން ކައިރިވުމާއި ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތްއިރު މިވަގުތަކީ ޕޮއިންޓް ގެއްލުވާލައިގެން ފަރުޖައްސާލެވެން ނެތް ވަގުތަކަށްވާތީ ކަމަށެވެ.

މި މެޗު އެއްވަރުވުމުން ޔުނައިޓެޑަށް ލިބިފައިވަނީ 50 ޕޮއިންޓާއެކު ހަތް ވަނަ އެވެ. މިއީ ހަތަރުވަނާގައިވާ އެސްޓަންވިލާއަށްވުރެ 10 ޕޮއިންޓް މަދު އަދަދެކެވެ.

ޓޭބަލުގައި ރޭ އެންމެ ރަނގަޅު ކުރިއެމެއް ހޯދީ ނިއުކާސަލް އެވެ. ޓޮޓެންހަމް 4-0އިން ބަލިކޮށް ނިއުކާސަލް ޓޭބަލުގައި ހަ ވަނައަށް ވަނީ ކުރިއަށް ޖެހިލާފަ އެވެ. ޓޮޓެންހަމް ބަލިކުރުމުން ނިއުކާސަލް އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ޓޮޓެނަހަމް ފަސް ވަނާގައިވަނީ ހަތަރުވަނާގައިވާ އެސްޓަންވިލާއާ 60 ޕޮއިންޓުން ހަމަހަމަވެގެންނެ ގޯލުގެ ތަފާތުންނެވެ.

ބޯނެމައުތުގެ ކޯޗު އެންޑޯނީ އިރައޯލޯ ބުނީ އޭނާގެ ޓީމަށް ޔުނައިޓެޑް ބަލިކޮށްލެވޭހާ ފުރުސަތު ލިބުނު ކަމަށެވެ. އަދި ރެފްރީގެ ނިންމުންތައް ހުރީ މުޅިން ވެސް އޭނާގެ ޓީމާ ދެކޮޅަށް ކަމަށެވެ. އޭނާ އެންމެ ބޮޑަށް މައްސަލަ ޖެއްސީ 2-1އިން ބޯނެމައުތު ކުރީގައި އޮއްވައި ޔުނައިޓެޑަށް ދިން ޕެނަލްޓީއާ މެދުގަ އެވެ.

"އެއީ ނަސީބު ދެރަވެގެންވީ ކަމެއްނޫން. އަހަރެންނަކަށް ނުވިސްނޭ ރެފްރީ އެ ނިންމުން ނިންމަންޖެހޭ ސަބަބެއް. އާދަމް ސެމިތު ގޯހެއް ހަދައިގެން ޕެނަލްޓީ އެއް ދޭން ޖެހޭ ކަމެއްވީ ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން އެ ނިންމުމާ ދެކޮޅު ހަދަން،"
ކޯޗު ބުންޏެވެ.

އޭނާ ބުނީ ލީގުގެ ފަހު ހަ މެޗަށް އެޅުނުއިރު ޕޮއިންޓްތަކެއް ގެއްލުވާލައިގެން ނުވާނެ ކަމަށާއި ގެއްލޭ ކޮންމެ ޕޮއިންޓެއްގެ ދެރަ އޮތީ އޭނާގެ ޓީމަށްވުރެ ބޮޑަށް ޔުނައިޓެޑަށް ކަމަށެވެ.

- ކޮމެންޓް