ކ. މާލެ
|
14 މާރޗް 2024 | ބުރާސްފަތި 19:39
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނާ ގޯތި ހަވާލުކުރުން
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނާ ގޯތި ހަވާލުކުރުން
ބިންވެރިޔާ ސްކީމް
ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި
 
16 މާޗުން ފެށިގެން 27 މާޗްގެ ނިޔަލަށް ފުރުސަތު ހުޅުވާލާނެ

ކުރީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފިއެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވަލޮޕްމަންޓުން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތެރެއިން 8394 ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބިފައިވާ ކަމުގެ ލިޔުން މިހާތަނަށް ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި މި ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން، ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، އިތުރު ފުރުސަތުތައް ދެވިފައި ވީނަމަވެސް، ގިނަ ފަރާތްތަކުން ރަޖިސްޓްރީ ނުވަތަ ގޯތި ލިބުނުކަމުގެ ލިޔުމާ ހަވާލުވުމަށް ހާޒިރުވެފައި ނުވާކަމަށެވެ.

އެހެންކަމުން، އެ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާގުޅޭ އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން، ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލުވެފައި ނުވާ ފަރާތްތަކަށް، އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން 16 މާޗް ވާ ހޮނިހިރު ދުވަހުން ފެށިގެން 27 މާޗް ވާ ބުދަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލުމަށް މިިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ނުވަތަ ލިޔުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް