ކ. މާލެ
|
27 މާރޗް 2024 | ބުދަ 17:26
ތާރުކެނޑުމުގެ މަސައްކަތް ކުރަނީ
ތާރުކެނޑުމުގެ މަސައްކަތް ކުރަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ތާރުކެނޑުމުގެ މަސައްކަތް ފެށުން
ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި
 
ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ހަވާލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި އެވެ.

ބުދަ ދުވަހު އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ހަވާލުކުރުން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޚާއްސަ އިސްކަމެއް ދީގެން ކަމަށް ވެސް އެޗްޑީސީން ބުނެފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތައް ދިނުން ލަސްވުމާއި ގުޅިގެން ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.

ހުޅުމާލޭގެ ފޭސް-3 ބިން ލިބިފައިވާ މީހުންނަށް އިން ވަކިކުރި ނަމަވެސް އެސަރަހައްދުގެ ބަންދުކޮށްފައިވާތީ ގޯތީގެ މަސައްކަތްތައް ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް އެމީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް