ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 11:20
ސްޕެނިޝް ލީގުގައި ރެއާލް އަދި ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ރެއާލް އަދި ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ސްޕެނިޝް ލީގު
ވަޔެކާނޯ ކައިރިން ރެއާލް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
 
މެޗު އެއްވަރުވި ނަމަވެސް، އަދިވެސް ރެއާލް އޮތީ އެއް ވަނައިގަ އޮތީ ހަ ޕޮއިންޓުގެ ލީޑަކުން

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން، ރެއާލް މެޑްރިޑު އެއްވަރުވެއްޖެ އެވެ.

ވަޔެކާނޯގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

މެެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ރެއާލުންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހޮސޭލޫ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ. ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ވަޔެކާނޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރައޫލް ޑެ ތޯމަސް އެވެ.

މެޗުން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި ލީޑު އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. މެޗު އެއްވަރުވި ނަމަވެސް، އަދިވެސް ރެއާލް އޮތީ އެއް ވަނައިގަ އެވެ. އެއީ ހަ ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅުނު 25 މެޗުން ރެއާލަށް ލިބެނީ 62 ޕޮއިންޓެވެ. ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް ޖިރޯނާ އަށް ލިބެނީ 56 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 54 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް