ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 07:37
އިންޓަ މިއާމީން ކުޅުނު މެޗުގައި، އެ ޓީމުގެ ކެޕްޓަން މެސީ ބެންޗުގައި
އިންޓަ މިއާމީން ކުޅުނު މެޗުގައި، އެ ޓީމުގެ ކެޕްޓަން މެސީ ބެންޗުގައި
ރޮއިޓާސް
އިންޓަ މިއާމީ
މެސީ ލައްވާ ނުކުޅުވީ، "ރިސްކު" ނަގަން ބޭނުން ނުވާތީ: މާޓިނޯ
 
އިންޓަ މިއާމީގެ މެޑިކަލް ޓީމުން ވެސް ލަފާ ދިނީ، މެސީ ލައްވާ ނުކުޅުވުމަށް

އިންޓަ މިއާމީން، ހޮންގް ކޮންގްގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ހޮވާާލެވޭ ކުޅުންތެރިންގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ލައްވާ ނުކުޅުވީ، "ރިސްކު" ނަގަން ބޭނުން ނުވާތީ ކަމަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.

މިއާމީން ހަތަރު ލަނޑުގެ މޮޅެއް ހޯދި މެޗުގައި މެސީ ކުޅެފައެއް ނުވެ އެވެ. ނަމަވެސް، އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޯ ބުނީ، އެ މެޗުގައި މެސީ ކުޅޭނެ ކަމަށެވެ. ނަމަވެސް، އެއީ ކިހާ ވަގުތަކަށްކަން ޔަގީން ވާނީ ފަހު ވަގުތުގައި ކަމަށް ވެސް އޭނާ އޮތީ ބުނެފަ އެވެ.

އެ މެޗަށްފަހު އޭނާ ބުނީ، މެސީ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފަައިވާ ކަމަށެވެ. އޭނާ ބުނީ، ސައުދީ އަރަބިޔާގައި މިއާމީން މެޗު ކުޅުނުއިރު، އެކަން ފާހަގަ ވެފައިވާ ކަމަށެވެ. އެހެންކަމުން، އެއް ދުވަހުން އަނެއް ދުވަހަށް، އެކަމާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުންމީދަކީ ހުރިހާ ކަމެއް ވެސް ރަނގަޅު ގޮތުގައި ކުރިއަށް ދިޔުން ކަމުގައި މާޓިނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، މިއާމީން އަންނަނީ އައު ސީޒަނަށް ތައްޔާރުވަމުން ކަމަށާއި، އެހެންކަމުން ވިސްނަން ޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ. ޚާއްސަކޮށް، މިއާމީގެ މެޑިކަލް ޓީމު ވެސް ލަފާ ދީފައި އޮތީ އެ މެޗުގައި މެސީ ލައްވާ ނުކުޅުވަން ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް މާޓިނޯ ބުނީ، މެސީ ލައްވާ ކުޅުވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

މެސީގެ އިތުރުން، އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވެސް އެ މެޗުގައި ކުޅެފައެއް ނުވެ އެވެ. ސުއަރޭޒްއާ ގުޅޭ ގޮތުން މާޓިނޯ ބުނީ، އޭނާގެ ވެސް އުޅެނީ އަނިޔާގެ މައްސަލައެއް ކަމަށެވެ. އެގޮތުން ސައުދީގައި އަލް ނަސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ސުއަރޭޒްގެ ފައިގެ ފުންނާބަށް އަނިޔާ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. ހޮންގް ކޮންގް މެޗުގައި ސުއަރޭޒް ލައްވާ ނުކުޅުވީ އެ ސަބަބާ ހުރެ ކަމަށް އޭނާ ބުންޏެވެ.

މާޓިނޯ ބުނީ، އެ ދެ ކުޅުންތެރިންނަކީ ވެސް ވަރަށް މުހިންމު ދެ ކުޅުންތެރިން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ކުޅުންތެރިންގެ ރިކަވަރީ އަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި މިއާމީގެ ފަރިތަކުރުންތަކުގައި އެ ކުޅުންތެެރިން ބައިވެރިވަމުން ދާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް