ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 18:49
ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު
ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު
ރައްޔިތުންގެ މަޖިލިސް
"ގެދޮރުވެރިޔާ"، ފްލެޓް މައްސަލަ
"ގެދޮރުވެރިޔާ"، ފްލެޓް މައްސަލައިގައި އިތުރު ލަފާ ހޯދުމަށް މިނިސްޓަރ ހައިދަރް އޭސީސީއާއެކު މަޝްވަރާ ކުރައްވައިފި
 
އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން އިތުރު ލަފަޔަށް މިނިސްޓަރ އެދިލެއްވި
 
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓް ދިނުމަށް ހަމަޖެހިފައިވޭ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ 4،000 ފްލެޓުތަކުގެ މައްސަލައިގައި އިތުރު ލަފާ ހޯދުމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއެކު މަޝްވަރާ ކުރައްްވައިފިއެވެ.

އެކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން 2022 ވަނަ އަހަރު މާލެ ސަރަހައްދަށް ފްލެޓް ދޫކުރުމަށް އިއުލާންކުރި "ގެދޮރުވެރިޔާ ސްކީމް" އާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން އިތުރު ލަފަޔާއި މަޝްވަރާ ހޯދުމަށް މިނިސްޓަރ ނިންމަވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އޭސީސީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ބައްދަލުވުން ބޭއްވީ އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީގައެވެ. އަދި މައްސަލަ އާއި ގުޅޭ ތަފްސީލްތައް ހާމަކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދިޔަ މައްސަލަ ނިންމައި، ފްލެޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީއަށް ހުއްދަދިނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭސީސީން މީޑީޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް ކޮމިޝަނުން ވަނީ އަންގާފައި ކަމަށް ވެސް އެ މެސެޖުގައި ބުންޏެވެ.

އެގޮތުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމަށާއި، މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފްލެޓުތަކުގެ މަސައްކަތް ނުނިމޭ، އެމަސައްކަތް ނިމޭއިރު ފެލެޓު ކޮމެޓީގެ މަސައްކަތް ވެސް ނިންމާ ހައްގުވެރިންނަށް ފްލެޓުތައް ދޫކުރާނެ: ހީނާ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ގޯއްޗާއި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅޭކަމަށް ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ޚަބަރެއް: މިނިސްޓްރީ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!